ޚަބަރު

ހައްގު ބަސް ބުނަނީ މީހަކު ރުއްސާކަށް ނޫން: ޝައިޚް އަލީ ޒައިދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހައްގު ބަސް ބުނުމީ އަބަދުވެސް ބައެއް މީހުން އެކަމާމެދު އެމީހެއް ދެކެ ނުރުހޭ ކަމެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އަލީ ޒައިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގު ބަސް ބުނުމަކީ އަބަދުވެސް ބައެއް މީހުން އެމީހަކާ މެދު ނުރުހޭނެ ކަމެެއް ކަމަށާއި އޭނާ ހައްގު ބަސް ބުނަނީ މީހުން ރުހޭތޯ ނުވަތަ ނުރުހޭތޯ ބަލާފައި ނޫން ކަމަށެވެ.

ޝައިޚް ވިދާޅުވީ ހައްގު ބަސް ބުނަނީ ﷲ ގެ ރުއްސެވުން އެދިގެން ކަމުގައި ކަމަށާއި މީހެއްގެ ރުހުން ހޯދަން ނޫން ކަމަށެވެ.

"އެކަލާނގެ ރުއްސެވުން ލިބިއްޖެނަމަ އިންޝާﷲ އެނިމުނީ. ނައްސެއް ނެތް ކަން ކަމުގައި މީހުނަށް ދަތި ކުރާކަށް ނުވާނެ" އަލީ ޒައިދުގެ ޓްވީޓުގައި ވިދާޅުވިއެވެ.

އަލީ ޒައިދު މިހެން ވިދާޅުވިއިރު، މިސްކިތުގައި ނަމާދުކުރާއިރު ބޭރަށް އަޑު އިއްވަން ނުޖެހޭނެ ކަމަށާއި މުންނާރު ޖައްސަން ޖެހޭނީ ބަންގި ގޮވާއިރު އެކަނި ކަމަށް ވިދާޅުވުުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

 

  1. ކިޔާމީހާ

    ކަލޭގެ ހުރ ޖާހިލު ކަމާއ.

  2. ޙާލަތު

    ޒައިދު ތިޔަހެން ބުނީމަ ކުޑަކުޑަކޮށް ހެވިއްޖެ… މާތް ﷲ އާ ވަކީލް.