ލައިފްސްޓައިލް

ރޭގަނޑު ގަޑީގައި ބޮޑަށް ބަލިވަނީ ކީއްވެކަން އެނގޭތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބައެއް މީހުންނަށް ރޭގަނޑުގެ ގަޑިތައް ވެފައި ވަނީ އެކި ތަކްލީފުތަކާއި ވޭން ކުރިމަތިވާ ވަގުތަކަށެވެ.

Ads by Hajj Corporation

ރޭގަނޑު ގަޑިއަށް ވަކިން ޚާއްސަކޮށް ވަރަށް ބޮޑަށް ބަލިވާ މީހުން ވެސް މަދެއް ނޫނެވެ. ބޮލުގައި ރިހުމާއި، ގައިގާ ރިހުމުގެ އިތުރުން، ހުން އަންނަހެން ހީވެ، ރޯގާޖެހި، ގަދަޔަށް ކެއްސާާތީ ވެސް އުޅެން ޖެހެއެވެ.

ދުވާލު ގަޑިގައި މިކަންކަމުގެ އަލާމާތެއް އެވަރަށް ނުފެނުނު ކަމުގައިވިޔަސް، ރޭގަނޑު ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވެ، ސިއްޙީ ގޮތުން އެތަކެއް މައްސަލަ ތަކަކާއި ކުރިމަތިލާން ޖެހޭ މީހުން މަދެއް ނޫނެވެ.

ޔުނިވާސިޓީ އޮފް ޓެކްސަސް ގެ ރިސާޗަރެއް ކަމުގައިވާ ޑރ. މައިކަލް މޮލެންްސްކީ ބުނެފައިވާ ގޮތުގައި، ރޭގަނޑު ގަޑީގައި ހަށިގަނޑުގެ ދިފާޢީ ނިޒާމުތައް ވެސް އިރުއޮއްސުމަށްފަހު ވަރުބަލިވާ ކަމަށާއި، އެހެން ކަމުން ރަނގަޅަށް މަސައްކަތް ނުކުރާާނެ ކަމަށެވެ.

"ރޯގާއާއި، ބޮލުގައި ރިހުމާއި، ކެއްސުން ފަދަ ބަލިތައް ޖެހުމުން، އާއްމުކޮށް ރޭގަނޑު ގަޑިގައި ބޮޑުވަރު ވަނީ ތިމާމީހާގެ ދިފާއީ ނިޒާމުގައި އެހާ ވަރު ނެތުމުން. އެހެންވެ ދިފާއީ ނިޒާމު ބަލިކަށިވެ، އެގަޑީގައި މިބަލިތަކުން ބޮޑުވަރު ވަނީ" ޑރ. މައިކަލް ބުނެފައިވެއެވެ.

މައިކަލް ބުނިގޮތުގައި، މިކަންކަމުން ސަލާމަތްވާން ނުވަތަ ރަނގަޅުވާން ބޭނުންނަމަ ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ ސިއްޙަތަށް ފައިދާހުރި ރަނގަޅު ކާނާ ކެއުމެވެ. ކެއިން ބުއިމަށް ޚައްސަ ސަމާލުކަމެއް ދީގެން، ހަށިގަނޑުގެ ބޭރުފުށަށާއި އެތެރެހައްޓަށް ވެސް ފައިދާވާނެ ކާނާ ކެއުމަށް ސަމާލުކަން ދިނުމަށް ޑރ. މައިކަލް ލަފާދީފައިވެއެވެ.

މީގެ އިތުރުންް ތިމާ ދިރިއުޅޭ ތަނަކީ ސާފު ތާހިރު ތަނެއް ކަމުގައި ހެދުމަކީ ވެސް ދުޅަހެޔޮ ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ޑރ. މައިކަލް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!