ޚަބަރު

އަލީ ރަމީޒަށް ޖޯކު ޖެހުމުން އިންތި ބުނީ، "ވެލް ސެއިޑް" ކަމަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މީސްމީޑިޔާގައި ހަލުވި ކަމާއެކު ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިންގެ ތެރެއިން، އަލީ ރަމީޒް ކުރެއްވި ޓްވީޓަކަށް އެމްޑިޕީގެ އެކްޓިވިސްޓަކު ޓްވިޓަރގައި ޖޯކް ޖެހުމުން، އެކަމަށް، މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިންތިޔާޒް ފަހުމީ(އިންތި) ހިތްވަރު ދެއްވައިފިއެވެ.

Ads by STELCO

"އިންޑިއާ ސިފައިން މިޤައުމުން ބޭރު ކުރޭ" ބުނެ އަލީ ރަމީޒު ކުރި ޓްވީޓުގެ ސްކްރީންޝޮޓެއް ޝެއަރ ކުރަމުން، އަލީ ރަމީޒަށް ފާޑު ކީ މީހާ ބުނެފައިވަނީ، އަލީ ރަމީޒު މަޝްހޫރުކަން ހޯދީ ހިންދީ ލަވަ ކިޔައިގެން ކަމަށާއި އޭރު ކޮންމެ ލަވައެއް ރިކޯޑްކޮށް ނިންމާފައި އިންޑިއާ އައުންޓް އޭ (ކިޔަން މާ ރަނގަޅު) ކަަމަށެވެ. އަދި އަލީ ރަމީޒް ބޭނުންވަނީ ދީނުގެ ހަމަތައް ދޫކޮށް ބަޣާވަތް ކުރަން ކަމަށްވެސް އެ ޓްވީޓްގައިވެއެވެ.

އަލީ ރަމީޒަށް ފާޑު ކިޔާ ކުރި މިޓްވީޓް އިންތި ރީޓްވީޓް ކުރައްވާ ވިދާޅުވީ، އެވިދާޅުވީ ވަރަށް ރަނގަޅަށް ކަމަށެވެ.

އިންތިގެ މި ރީޓްވީޓްއާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް ދަނީ އަމާޒުވަމުންނެވެ. މިގޮތުން ގިނަ ބަޔަކު ވަނީ، އިންޑިއާގެ ރާގުތައް ކޮޕީ ކުރުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބަން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނެ އެމީހުންގެ ލޮޖިކް ތާކުންތާކު ނުޖެހޭ ކަމަށް ބުނެފައެވެ.

އިންޑިޔާގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލާ މީސްމީޑިޔާގައި ދަނީ ކެންޕެއިން ކުރަމުންނެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުމަކީ ނުރައްކަލެއް ނޫންކަމަށް ދައްކުވައި ދިނުމަށް ، ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!