ދުނިޔެ

އަނބިމީހާ މަރުވުމުން އިންޑިއާ ފިރިހެނަކު ހެދީ އޭނަގެ އަންހެނުންނާއި ވައްތަރު ބުދެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ މަދޫރާއީ ގައި ފިރިހެނަކު އޭނާގެ މަރުވެފައިވާ އަނބިމީހާގެ ހަނދާނުގައި، އަނބިމީހާ އާއި ވައްތަރު ބުދެއް ހަދައިފިއެވެ.

Ads by Sosun Fihaara

އުމުރުން 74 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ސެތުރަމަން އޭނާގެ އަންހެނުންގެ އިސްކޮޅާއި ވެސް އެއްވަރުގެ ބުދެއް ހެދީ އޭނާގެ އަންހެނުން އެސް.ޕިޗައިމިނީ (67އ.) މަރުވުމުން ލިބުނު ފުން ހިތާމައެއްގައެވެ.

"ދަ ހިންދޫ" ގައި ބުނެފައިވާ ގޮތުގައި ޕިޗައިމިނީ މަރުވީ ހާޓް އެޓޭކެއް ޖެހިގެނެވެ. އޭނާ މަރުވުމުން ސެތުރަމަން ވަރަށް ބޮޑަށް އެކަނިވެރިވި ކަމަށް ވެސް ބުނެފައިވެއެވެ.

ސެތުރަމަން އެ ބުދު ހަދާފައިވަނީ އޭނަގެ އަނބިމީހާ މަރުވިތާ އެއް މަސް ދުވަސް ފަހުންނެވެ. އާއްމުންނަށް އޭނާގެ އަނބިމީހާގެ ބުދު ދައްކާލަމުން އޭނާ ބުނީ، އޭތި އެއްކޮށް ހަދާ ނިންމަން 25 ދުވަސް ނެގި ކަމަށެވެ.

"އަހަރެންގެ އަންހެނުން މަރުވީ ވަރަށް ފަހުން. އެކަަމަކު މިބުދަށް ބަލާލީމަ އަހަންނަށް، އޭނަ އަހަންނާއި އެކީގައި ހުރިކަން އިހުސާސް ކުރެވޭ. އަހަރެން އަދާ ކުރަމުން ދިޔަ ހެލްތު އިންސްޕެކްޓަރެއްގެ ވަޒީފާ އަހަރެން ދޫކޮށްލީ ރިއަލް އެސްޓޭޓް ވިޔަފާރި ކުރަން ވެގެން. ފާއިތުވީ އަހަރުތަކުގައި މާލީގޮތުން އަހަންނަށް ވަރަށް ގިނަ ގޮންޖެހުންތަކަކާއި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހުނު. އެހުރިހާ ކަމެއްގައި ވެސް އަހަންނަށް އެންމެ އެހީވެދީ އަހަންނާއި އެކުގައި ހުރީ އަހަރެންގެ އަންހެނުން. އޭނައަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވެސްމެ" ސެތިރަމަން ބުނެފައިވެއެވެ.

Ads by HDC
  1. ކޮތަރު

    ދެމަހެއްހާ ދުވަސް ފަހުން ތިޔަ ބުދަށް އަޅުކަން ކުރަން ފެށީމަ އެހުރީ ހަތަރެސްކަން ހަމަވެފަ.

    • ސޭޓް

      ޢޭރުން ދެން އަނެއްކާވެސް ދީނެއް އިތުރުވީދޯ