ޚަބަރު

3 ކެޓަގަރީއަކުން ޕީޕީއެމްއިން މެންބަރުންނަށް ލޯޔަލްޓީ ކާޑެއް ވިއްކަނީ: ގޯލްޑް،ސިލްވަރ އަދި ޕްލެޓިނަމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ތިން ކެޓަގަރީއަކުން މެންބަރުންނަަށް ލޯޔަލްޓީ ކާޑު ވިއްކަން ނިންމައިފިއެވެ.

Ads by Hajj Corporation

ގޯލްޑް، ސިލްވަރ އަދި ޕްލެޓިނަމް ކެޓަގަރީން ކާޑު ވިއްކަން ނިންމާފައިވާކަން ހާމަ ކުރެއްވީ ޕީއެންސީ ގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، އަދުރޭ ވިދާޅުވީ މި މަހުގެ ތެރޭގައި އެ ކާޑުތައް އިފްތިތާހު ކުރާނެ ކަމަށާއި ބައްލަވައިގަންނަ ހުރިހާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

ކާޑު އިފްތިތާހްކުރާ ދުވަހު އެ މައުލޫމާތުތައް ހިއްސާކު ރައްވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ލޯޔަލްޓީ ކާޑެއް ވިއްކުމުގެ މަޤްސަދަކީ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމެވެ.
ލޯޔަލްޓީ ކާޑު ގަންނަން ބޭނުންވާ އެތައް ބަޔަކު މިހާރުވެސް އެބަތިބި ކަމަށާއި މެމްބަރުން ޝަކުވާ ކުރަމުންދަނީ ކާޑުތައް ވިއްކުމަށް ހަމަޖެހިފައި އޮތް އަގު ކުޑަވެގެން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ފާހަގަ ކުރެއްވި ގޮތުގައި ބޮޑު އަގެއް ދީގެން ކާޑު ގަންނަން ބޭނުންވާ ފަރާތްތައް ވެސް އެބަތިއްބެވިއެވެ.

"ކުޑަ އަގުގެ ބަދަލުގައި ބޮޑު އަގުގައި ލޯޔަލްޓީ ކާޑެއް ގަތުމަށް ރައްޔިތުން ބޭނުންވާކަމުން އެނގިގެންދަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް އޮތް އިތުބާރު" އަދުރޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!