ރިޕޯޓް

ދިރިއުޅުން ހަނިވެ،ކަނިވި އަލިފުތާ، ދުނިޔޭން ވަކިވުމުގެ ކުރިން ކުލުނުގެ ރަހަ އަލުން އިޙްސާސް ކޮށްލުމުގެ އުއްމީދުގައި!

ދެން އެމްވީ ، ދެން އޮންލައިން

ގއ.މާމެންދޫ ދެތަނޑިމާގޭ އަލިފުތާއަކީ މީގެ ތިން އަހަރެއްހާ ދުވަސް ކުރީން ވެސް އާދައިގެ، އާންމު ދިރިއުޅުމެއް އުޅެމުން ދިޔަ މީހެކެވެ. ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ އާމްދަނީން އަނބިމީހާއާއެކީ އޭނާ ހޭދަ ކުރަމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް އުފާވެރި އެ ދިރިއުޅުމުގެ އަލިކަން ފަނޑުވެގެން ދިޔައީ އަނބިމީހާ ދުނިޔެ ދޫކުރުމުންނެވެ. އުފަންދަރިއެއް ނެތުމާއެކު އަލިފުތާ އެކަނިވެރިވިއެވެ. ދިރިއުޅުމުގެ ހުޅުކޮޅު ފަނޑުވިއެވެ.

އަލިފުތާގެ އާއިލާގައި އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން މީހުން ތިބެއެވެ. ނަމަވެސް އަނބިމީހާ ނިޔާވުމަށްފަހު މުސްކުޅި އަލިފުތާ ހުރީ ވާންވީ ގޮތެއް ނޭނގިފައެވެ. "ވާރުތައިގެ" މަގުގައި އޭނާ ހުރީ ބެހިފައެވެ. އެ މަގުން އަލިފުތާއާ ބައްދަލު ކުރާނޭ މީހަކު ނުވުމާއެކު އޭނާގެ ޙަޔާތް ބަނަކޮށްލިއެވެ. އަނބިމީހާ ނިޔާވުމުން ޒަހަމް ވެފައިވާ އަލިފުތާގެ ހިތް ކަތިލިއެވެ.

މި ޙާލަތުގައި ވީނަމަވެސް ، ގައިން ބާރުދެރަވެ އަޅާލާނޭ އިޔާރެއް ނެތް ދުވަހު ހަޔާތަށް ގެނުވި މި ބަނަކަމާ އަދި ކުރިއަށް އޮތް ދުވަސްތަކާމެދު ވިސްނޭ ވަރަށް ވުރެ އަލިފުުތާގެ އެކަނިވެރިކަން ބޮޑެވެ. އެކަމުގެ ތަޖުރިބާ ގިނަވެފައި ހިއްޗެވެ.

ފައިދުޅަ ބައްޔާއެކު މުސްކުޅި އުމުރުގައި އެކަނިވެރި ދުވަސްތައް ހޭދަ ކުރަމުން ދިޔަ އަލިފުތާއަށް އެހިނދު އެހީތެރިވީ އަލިފުތާގެ ދޮންދަރިއެކެވެ. އަލިފުތާގެ މަރުޙޫމް އަނބިމީހާގެ ދަރިއެކެވެ.

އަނބިމީހާއާއެކު ހޭދަ ކުރި މާޒީގެ ހަނދާންތައް ވަށާލެވިފައިވާ ދެތަނޑިމާގެއާއި އެގޭގެ ގޯތީގެ ދޮރު އަބަދަށް ލައްޕާލުމަށްފަހު އެކަނިވެރި އަލިފުތާއަށް މަޖުބޫރުވީ އިހްސާންތެރިކަމުގެ އަތެއް ދިއްކޮށްލި ދޮންދަރިއާއެކު ދިރިއުޅުން ހޭދަ ކުރާށެވެ.

ނަމަވެސް ދޮން ބައްޕައަށް ޓަކައި މަޑުވި އިހްސާންތެރި ހިތުގައި ތިން އަހަރެއްހާ ދުވަހަށް ފަހު ހިނދުކޮޅަކަށް ނަމަވެސް އެހެން ވިންދެއް ޖަހައިފިއެވެ. އެ ވިންދުގެ ބާރުގައި އަލިފުތާ މަގު މައްޗަށް ނެރެ އެއްލާލީ ބެލެން ނެތް ކަމަށް ބުނެއެވެ. އެހިނދު ދިރިއުޅުން ހަނިވަމުން އަދި ކަނިވަމުން ދިޔަ 80 އަހަރުގެ އަލިފުތާގެ ހިތް މިޔަ އަޅާ ފޮތިފޮތި ކޮށްލިއެވެ. އަލިފުތާގެ މެޔަށް ތަދުވާތީ ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ.

 

ހޮސްޕިޓަލުން ދޫކޮށްލުމުން އަލިފުތާ މިހާރު އެއޮތީ ކައުންސިލްގެ ބެލުމުގެ ދަށުގައެވެ. ބާރު ދެރަވެ ، ނިކަމެތިވެފައިވާ މީހެއް ބަލައިދޭނެހާ ކުޑަކުޑަ މިންވަރެއްގެ ރަޙުމެއް އޮތް ހިތެއް އޭނާގެ ކުރި މައްޗަށް ހުއްޓިދާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ނުވަތަ އަލިފުތާގެ ހުރިހާ ހަނދާނެއް އޮތް ، އޭނާއަށް "ބޭވަފާތެރިވީ" އަމިއްލަ ވަޒަން ދޫކޮށް އެހެން ތަނަކަށް . ދައުލަތުން އޭނާ ގެންދާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ދުނިޔޭން ވަކިވެގެން ދިޔުމުގެ ކުރިން މަދު ދުވަސް ކޮޅަކަށް ނަމަވެސް ކުލުނާއި ރަހުމްގެ ރަޙަ ތަޖުރިބާ އަލުން ކޮށްލުމުގެ އުއްމީދުގައެވެ.

ފަނޑުވެ، ކަނިވި އަލިފުތާގެ ދިރިއުޅުން މިއަދު މިވަނީ ހަމަހިމޭން ވެފައެވެ. އެ ދިރިއުޅުމުގައި އެކަނިވެރިކަމާއި ހިތްދަތިކަން ނޫން އިހްސާސެއް ނެތެވެ. ހިތާމައިގެ ކުލަ ނޫން ކުލައެއް ނެތެވެ.

 

  1. މަންނާހު

    ހާދަހާ ނުލަފާ ދަރިން ތަކެކޭ އަލިފުތާގެ އެހުރިީ ވަރަށް ދެރަވެއްޖެ……….

    • އެކަމަކު

      އެކަަކުވާ ދޯ ލިޔެފަ އޮތްއެއްޗެއ ކިޔާލިނަމަދ.ޯއުފަން ދަރިޔަކުނެތޯލަ

    • ލޯންގޭ

      ދަރިއެއްގެ ވާހަކައެއް ނެތް. ދޮންދަރިއެއްގެ ވާހަކަ އޮތީ

      • ގޭމު

        މަޝަކީވެސް ތިރަށުމީހެއް
        އެބޭބެ އަކީ އެހާރަގަޅުމީހެއްނޫން 3އަހަރުވެސް ގެންގުޅުނުކަން ނަސީބު ހަގީގަތް ނޭގިތިބެ ވާހަކަ ނުދެއްކުން ބުއްދިވެރި

    • އަލިފުތާ

      މަގޭ ނެތް ދަރި⁩⁩⁩⁩⁩⁩⁩⁩⁩⁩⁩⁩⁩⁩⁩⁩⁩⁩⁩⁩ އެއް

    • ލޯންގޭ

      ދަރިއެއްގެ ވާހަކައެއް ނެތް. ދޮންދަރިއެއްގެ ވާހަކަ އޮތީ.

  2. މަރީ

    ޙާްއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ފޮނުވީމަ އެމީހުން މާ ރަނގަޅަށް ބަލާނެ.. ހާދަ ނުބައި މީހުންނޭ އެއްބަނޑުންނަށް ތިބީ… ��

  3. ކުޅުދުއްފުށީ ދަރިއެއް

    ތި ބޭބޭ އަހަންނާ ހަމައަށް ތި ރަށު ކައުންސިލުން ގޮނުވަދީ ހެޔޮނުވާނެ

  4. މާނު

    އަހައްނަންބެލިދާނެ

  5. މާމެންދޫ ދަރިއެއް

    ހަޤީގަތް ނޭގޭ އެތައްކަމެއް ތިކަމުގެ އަޑީގައި ފޮރުވިފައިވޭ.. ހިޔެއްނުވޭ އެއްވެސް މީހަކަށް އޭނަ ބެލޭނެހެން… އޭނަ ބަލަން 3 ބޭރުމީހުން ގެނައި. ޢެއްމެންވެސް ކެތްނުވެގެން ދިޔައީ.. އަހަރެންގެ މަންމަވެސް އޭނަ ބަލަން ވަރަށް ބޭނުންވޭ އެކަމާ ވަރަށް ދެރަވެގެން އެވާހަކަ ދައްކާ. ޢެކަމަކު ގޭގައި ކުޑަ ދެކުދިން އުޅޭތީ އެކަމަށް ހުރަސް އެޅުނު.. މިބުނި ވާހަކަ ވިސްނޭނެ ކަމަށް އުންމީދު ކުރަން

    • ނޯ ނޭމް

      ކިހާ ވަރެއްގެ ހަގީގަތެއްބާ؟

  6. ކެތްތެރިޔާ

    ދުނިޔެއަކީ ވަގުތީ މަންޒިލެއް. މުސްކުޅި ވާ ދުވަހު އަޅައިލާނެ ދަރިއަކު ނެތުމަކީ ކެތްކުރެވޭނެ ކަމެއް ނޫން. ޔާ ﷲ މިއަޅާގެ ނިމުން ލުއި ފަސޭހަ ކުރައްވާ އެހެން ބަޔަކަށް ތަކުލީފަކަށް ވިޔަ ނުދެއްވާންދޭވެ.

  7. ފާތި

    ާެެ އެޭނަގެ ވާރުތަވެރިންގެ ހުރި ނުބައިކަމާ. މިހާރުވެސް ލޯމަރާލަބަ ގެޔާ ގެދޮރު ހޯދަން ދުވާނެ. އެދުވަހު ވާރުތަވެރިންނަކީވެސް ތިބި ބަޔެއްކަން އެގޭނެ.

  8. ޞގަަރޔ

    އަހަރެން ވެސް މިއުޅެނީކީ އުފަލެއްގަ އެއް ނޫން. މީހަކާ އިންދެގެން ހުއްޓަސް ނެތް މީހެއް. ކޯޓުގަ މައްސަލަ އޮއްނަތާ ވެސް 6 މަސް.

    • އަލީ

      އަލިފުތާ މުސްކުޅިވެ ގައިގެ ބާރު ދޫވިއަސް އަދިވެސް އިސްލާހުވާކަން ނޫޅުން މައްސަލަރަކީ!!މީހުން އަޅާލާ ގެންގުޅޭނީވެސް އެމީހުންގެ ކުޑަދަރިންގެ ސަލާމަތަށް އިސްކަންދީފަ!! މިވަރުން އެގޭނެކަމަށް ދެކެން

      • ދަރިއެއް

        އަލިފުތާ އަކީ ދަރިއެއް ނެތް މީިހެއް އެކަމަކު އެ ދޮންދަރި ކުޑައިރު ދޮންދަރީގެ މަންމަޔާއިނދެގެން އެ ދޮންދަރި ބަލާބޮޑުކޮށް ދޮންދަރި މީހަކާއިންދެ އޭނަޔަށް ލިބުނު ދެ ދަރިން ގެ ބައްޕަ މަރުވުމުން އެ ދަރިންނަން ކިޔަވައިދީ ބަލާބޮޑުކުރީ ހަމަ އަލިފުތާ އިނގޭތޯ އަދި އަލިފުތާގެ އަންހނުން ނިޔާވުމުންވެސް އަލިފުތާ މސައްކަތްކޮށްގެން ލާރި ހޯދައިގެން އުޅުނީ އަދި މސްކުޅިވި ދުވަހު ގެއިން ނެރެފަ އެއްލާލީ މި ހުރިހާ’ކަމެއް ކޮށްދީގެން އަދި ނުވި ތަނަކަށް ގެއާ މިހުރިހާދުވަހު ލިބުނު ލާރިވެސް ދީގެން އުޅުނު މީހުން އެމީހުން މިއަދު އަލިފުތާ ނެރެ އެއްލާލުން އެއީ ކުރި ވަރަށް ގޯސްކަމެއް. އެއްބަނޑު މީހުން ވެސް ތިބީ މިއަދު ގައި ބާރުނެތިފަ މުސްކުޅި ވެފަ އެމީހުންގެ ދަރިންވެސް އަލިފުތާއަށް ހެޔޮ އަޅާލާ ލިބޭ ވަރަކުން އެހީވެސްވޭ؛

  9. ސިރު

    ޢިންސާނިއްޔަތުކަންވެސް ނެތް އެއްބަޑު ބައެއް