އަންހެން ދަރިފުޅު ލޯބިވެރިޔާގެ ގެއަށް ދިއުމުން، ކޯރާޑިއަކުން ޖަހާ މަރާލައިފި

އިންޑިއާގެ އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާގެ ގެއިން ފެނުމުން، އަންހެން ކުއްޖާގެ ބައްޕަ އޭނާ މަރާލައިފިއެވެ.
މިއަންހެން ކުއްޖާގެ ބައްޕަ، އޭނާގެ ދަރިފުޅު މަރާލައިފައި ވަނީ ކޯރާޑިއަކުން ޖަހާ ކަމުގައި ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާ ހިނގައިފައިވަނީ އުއްތަރު ޕްރެދޭޝްގެ ކަންޕަންނަ ވިލެޖް ސަރަހައްދުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިހާރު މި ފިރިހެން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.
މި އަންހެންކުއްޖާ 15 ސެޕްޓެމްބަރުގައި އޭނާގެ އާއިލާއަށް ފިލައިގެން އޭނާގެ 20 އަހަރުގެ ލޯބިވެރިޔާގެ ގެއަށް ދިޔައެވެ. އޭނާގެ ލޯބިވެރިޔާ އަދި އޭނާގެ ލޯބިވެރިޔާގެ ބައްޕަގެ ފަރާތުން މި އަންހެން ކުއްޖާގެ ބައްޕައަށް އެ އަންހެން ކުއްޖާ އެގޭގައި ހުރިކަން އެނގުނެވެ.
އެކަން އެނގުމާއެކު މި ފިިރިހެންމީހާ ވަނި ގޭގައި އޮތް ކޯރާޑިއެއް ހިފައިގެން ދަރިފުޅުގެ ލޯބިވެރިޔާގެ ގެއަށް ގޮސްފައެވެ. އަދި އެކަމަށް އޭނާގެ މުޅި އާއިލާ ވަނީ ވާގިވެރިވެފައެވެ. ދަރިފުޅުގެ ލޯބިވެރިޔާގެ ގެއަށް ގޮސް ދަރިފުޅު ގާތުގައި ގެއަށް އައުމަށް ބުނުމުން އެކަމާ އެ އަންހެން ކުއްޖާ ދެކޮޅު ހަދައި އޭނާގެ ބައްޕައާ ޒުވާބު ކުރިއެވެ. އަދި އެކަމާ ރުޅި އައިސްގެން އަތުގައި އޮތް ކޯރާޑިން އެކުއްޖާއަށް އޭނާގެ ބައްޕަ ހަމަލާ ދޭން ފެށިއެވެ.
އެތައް ފަހަރަކު ކޯރާޑިން ހަމަލާ ދިނުމުން ލިބުނު އަނިޔާތަކުގައި އެ އަންހެން ކުއްޖާ ވަނީ މަރުވެފައެވެ. އަދި އެކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ލޯބިވެރިޔާއަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ.