ދުނިޔެ

މޭގަން މާކްލްގެ އާ ހެއާސްޓައިލް ޝާހީއެއް ނޫން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ޝާހީ ޢާއިލާ އާއި ބެހޭ ގޮތުން އަދިވެސް އެންމެ ބޮޑަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ، ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކްލް ޝާހީ ޒިންމާތަކުން އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގެން، ލޮސް އެންޖެލަސް ގައި އަމިއްލަ ދިރިއުޅުމެއް ފެއްޓެވި ޚަބަރެވެ.

Ads by Sosun Fihaara

އެދެމަފިރިންގެ ތުއްޕުޅު ދަރިކަލުން އާޗީ އާއެކު އެމެރިކާ ގައި ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަ މަސައްކަތްތަކެއް ފައްޓަވައިގެންނެވެ.

ޝާހީ ޢާއިލާއާއި ޒިންމާތަކާއި ވަކިވި ސަބަބާއި ބެހޭގޮތުން އަދި އެދެމަފިރިން ވެސް ވަކި އެއްޗެއް ރަސްމީކޮށް ހާމަ ނުކުރައްވާ ނަމަވެސް، މީޑިއާ ތަކުގައި މިވާހަކަތައް އަންނަނީ ވަރަށް ބޮޑަށް ދެކެވެމުންނެވެ. އެންމެ ބޮޑަށް ބުނަމުން އަންނަ އެއް ވާހަކައަކީ މޭގަން ޝާހީ އާއިލާއާއި ވަކިވާން ނިންމީ، އެޢާއިލާގެ އުސޫލުތައް މާގިނަވެފައި ހަރުކަށި ވުމުންނެވެ. އަދި މިހާރު އެދެމަފިރިން ވެސް އުޅުއްވަމުން ގެންދަވަނީ ވަރަށް މިނިވަން ދިރިއުޅުމެއް ކަމުގައި ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އެކަން މޭގަން ގެ ސްޓައިލަށް އައިސްފައި ހުރި ބަދަލުން ވެސް ހާމަވާކަން މީޑިއާ ރިޕޯޓުތަކުން ވެސް ވަނީ ހާމަ ކޮށްފައެވެ. އެގޮތުން އެންމެ ފަހުން މޭގަން އަށް އައިސްފައި ހުރި ބަދަލަކީ އާގޮތެއް ބޮލުގެ އިސްތަށިގަނޑަށް ހަދާލުމެވެ.

އެގޮތުން މޭގަން ވަނީ އޭނަގެ އިސްތަށިގަނޑު "މާމައިޑް ކާރލްސް" ގޮތަށް ސްޓައިލް ކޮށްފައި ކަމަށާއި މިއީ ޝާހީ ޢާއިލާގައި ހުރިނަމަ ދުވަހަކު ވެސް ކުރެވޭނެ ކަމެއް ނޫން ކަމުގައި ވެސް ރިޕޯޓުތަކުން ހާމަ ކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!