ދުނިޔެ

ޝާހީ އާއިލާގެ މެމްބަރަކު އާޗީގެ ހަމުގެ ކުލަ ކަޅު ވެދާނެތީ ކަންބޮޑުވުންފާޅު ކުރި: މޭގަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ މެމްބަރަކު، ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ ފުރަތަމަ ދަރިފުޅުގެ ހަމުގެ ކުލަ ކަޅު ވެދާނެތީ ކަންބޮޑުވުން ފާޅުކޮށް ފާޑުކީކަމަށް މޭގަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަޝްހޫރު އޯޕްރާ ވިންފްރޭ ޝޯއަށް ދިން ވަރަށް ޚާއްސަ ބަސްދީގަތުމެއްގައި މޭގަން ވިދާޅުވީ، އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު، އާޗީ ހެރިސަން ގެ ހަމުގެ ކުލަ ކަޅުވެދާނެތީ ޝާހީ އާއިލާގެ މެމްބަރަކު ކަންބޮޑުވުން ފާޅުކުރީ، އާޗީ ދުނިޔެއަށް ވެސް ނާންނަނީސް ކަމަށެވެ.

އެއީ ކޮން މެމްބަރެއްކަން ހާމަ ނުކުރައްވާ މޭގަން ވިދާޅުވީ، އެފަދަ ކަންބޮޑުވުންތައް އެބޭފުޅަކު ހިއްސާ ކުރެއްވީ ވެސް ޕްރިންސް ހެރީއާ ކަމަށެވެ.

ޝާހީ އާއިލާ ދޫކޮށް، އެމެރިކާއަށް 2019 ވަނަ އަހަރު ބަދަލުވުމަށްފަހު މިއީ މޭގަން އާއި ޕްރިންސް ހެރީ އިންޓަވިއުއެއް ދެއްވި ފުރަތަމަ ފަހަރެވެ. އެގޮތުން މޭގަން ވިދާޅުވީ އާޗީގެ ރައްކާތެރިކަމަށް ސެކިއުރިޓީއެއް ވެސް ނުބެހެއްޓޭނެ ކަމަށް ޝާހީ އާއިލާއިން ވިދާޅުވި ކަމަށާއި އާޗީއަށް ޝާހީ ލަގަބެއްވެސް ދޭން ދެކޮޅު ހެދި ކަމަށެވެ.

މޭގަން އާއި ޕްރިންސް ހެރީއާ އިންޓަވިއު ކުރުމަށްފަހު އޯޕްރާ ބުނީ އާޗީގެ ހަމުގެ ކުލައާ ގުޅޭގޮތުން އެފަދަ ކަންބޮޑުވުމެއް ފާޅުކުރީ ރާނީ އެލިޒަބެތު އާއި ޕްރިންސް ފިލިޕް ނޫން ކަމަށެވެ.

މިއިންޓަވިއު އަށްފަހު ރާނީ އެލިޒަބެތު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޝާހީ ޢާއިލާއިން އެފަދަ ނަސްލީ ތަފާތުކުރުމެއް ގެންގުޅުނީ ކޮން މެމްބަރެއްތޯ ތަހުގީގު ކުރައްވާނެ ކަމަށާއި ޢާއިލާ ތެރޭގައި އެކަން ހައްލު ވެސް ކުރައްވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!