ދުނިޔެ

މޭގަން އާއި ހެރީ އަށް މިފަހަރު ލިބެނީ ދަރިކަނބަލެއް، އިތުރު ދަރިއެއް ދެން ނުހޯދާނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކްލް އަށް މިފަހަރު ލިބެނީ ދަރިކަނބަލެއް ކަމަށް އެ ދެމަފިރިން ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ޝާހީ ޢާއިލާއަށް ނިސްބަތްވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އެ ދެމަފިރިން ހާމަކުރީ މިދިޔަ މަހުގައެވެ.

އޭގެ ފަހުން މަޝްހޫރު އޯޕްރާ ވިންފްރީ ޝޯ އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ހެރީ އާއި މޭގަން ވަނީ، އެ ދެމަފިރިންނަށް ލިބެނީ ދަރިކަނބަލެއް ކަމަށާއި އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު އާޗީ ހެރިސަން އަށް އަންހެން ކޮއްކޮއެއް ލިބެނީ ކަމަށެވެ.

އަންހެން ދަރިކަނބަލަކު ލިބެން އުޅޭތީ ކުރެވެނީ ކޮންކަހަަލަ އިޙުސާސެއްތޯ ސުވާލު ކުރުމުން ހެރީ ވިދާޅުވީ އޭނާ އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

"އިތުރަށް ކޮންކަމެއް އަަހަރެން ބޭނުން ވާނީ؟ އަހަރުމެން ދެމަފިރިންނާއި، ފިރިހެން ދަރިއާއި އަންހެން ދަރިއެއް އަދި އަހަރުމެންގެ ދެ ކުއްތާ ވެސް.. މިއީ ފުރިހަމަ އާއިލާއެއް" ޕްރިންސް ހެރީ ވިދާޅުވިއެވެ.

އިތުރު ދަރިއަކު ދެން ނުހޯދާނަންތޯ އޯޕްރާ ސުވާލު ކުރުމުން މޭގަން ބުނީ، ދެން އިތުރު ދަރިއެއް ނުހޯދާނަން ކަމަށާއި ދެ ދަރިން ފުދޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!