ކަރީނާ އަށް 40 އަހަރު، ހީވެސް ނުވޭދޯ؟
ކަރީނާ ކަޕޫރުގެ އުފަން ދުވަސް އޭނާގެ އާއިލާ އާއެކު ފާހަގަކޮށްފިއެވެ.
ކަރީނާ ގެ އުފަން ދުވަސް ފާހަގަ ކުރި ފޮޓޯ ތަކާއި ވީޑިއޯތައް މީސް މީޑީއާ ގައި އާންމުކޮށްފައިވާއިރު، މި ޕާޓިގައި ބައިވެރިފައިވަނީ ކަރީނާގެ ގާތް މީހުން އެކަންޏެވެ. އެގޮތުން ކަރީނާގެ ދައްތަ ކަރިޝްމާ، ކަރީނާގެ މަންމަ, ބަބީތާއާ ބައްޕަ ،ރަންދީރުގެ އިތުރުން ފިރިމީހާ ސައިފް އަލީ ޚާން ވަނީ ބައިވެރިވެފައެވެ.
ކަރީނާ އަށް މިއަދު 40 އަހަރު ފުރޭއިރު، ކަރީނާ ކުރި އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވަނީ އޭނާގެ ދިރިއުޅުމުގައި މިހާތަނަށް ދިމާވެފައިވާ ހުރިހާ ކަމަކަށް ޝުކުރު ވެރިވާ ކަމަށެވެ.
ކަރީނާ ގެ އުފަން ދުވަހާ ދިމާކޮށް ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތަހުނިޔާ ފޮނުވަމުންނެވެ. އެގޮތުން އަދިވެސް ކަރީނާ ފެންނަނީ އުމުރަށް ވުރެ މާ ޒުވާން ކޮށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކަރީނާ ކަޕޫރު ބޮލީވުޑަށް ތައާރަފްވެފައި ވަނީ 2000 ވަނަ އަހަރު އަބީޝޭކް ބައްޗަންއާއެކު ފެނިގެންދިޔަ ސަންޖޭ ގުޕްތާގެ ”ރެފިއުޖީ“ އިންނެވެ. އާންމުކޮށް ފަންނާނުން ބޮލީވުޑަށް ތައާރަފް ވާފަދަ ރޯލްތަކާ ޚިލާފަށް ކަރީނާ ބޮލީވުޑަށް ތައާރަފްވެފައި ވަނީ އާދައިގެ އަންހެނެއްގެ ރޯލުންނެވެ. ނަމަވެސް އެފިލްމުގައި ދެއްކި ހުނަރު ބަލައިގަނެ އާންމުންގެ ހިތްތަކުން އޭނަ ވަނީ ޖާގަ ހޯދާފައެވެ.
މަޝްހޫރު ގިނަ ފިލްމުތަކަކުން ފެނިގެން ދިޔަ ކަރީނާ ގެ އެންމެ ހިޓް ފިލްމަކީ ކަރަން ޖޯހަރްގެ ކަބީ ޚުޝީ ކަބީ ގަމް އެވެ. މި ފިލްމުން ކަރީނާ ފެނިގެން ދިޔަ ޕޫ ގެ ރޯލަކީ އަދިވެސް ގިނަ ބަޔަކު ވަރަށް ލޯބިކުރާ ރޯލެކެވެ.
ބޮލީވުޑްތަރި ސައިފް އަލީ ޚާން އާ ކައިވެނި ކޮށްގެން އުޅޭ ކަރީނާ މިހާރު އިނީ އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެއިނދެއެވެ.
ކަރީނާ މަށްވުރެ ދެދުވަސް ބޮޑު
ހީވެސް ނުވޭ .. ހީވަނީ 55 ވަރުހެން