ޚަބަރު

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި! ދެން އޮތީ ހުކުމް ކުރުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބެންކު އެކައުންޓުތައް ފްރީޒް ކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

Ads by Sosun Fihaara

ދެން އޮތީ އެމައްސަލައިގެ ހުކުމް އިއްވުމެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބުނެ ރައީސް ޔާމީންގެ އަށް އެކައުންޓެއް ފްރީޒް ކުރުމުގެ އަމުރެއް މިދިޔަ އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރެފައިވެއެވެ. ޚިޔާނާތާއި ގުޅިގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުން ވެދާނެ ކަމަށް އެއަމުރުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ކުރި އެއަމުރު ހައިކޯޓުގަައި އިސްތިއުނާފު ކުރުމުން، އެކޯޓުން ވަނީ އެ އަމުރު ބާތިލު ކޮށްފައެވެ. އެހެންކަމުން ދައުލަތުން ވަނީ ހައިކޯޓުގެ އެއަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މިއަދު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް ކުރާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާނު ކުރި އެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!