ބޮލީވުޑް މުނިފޫހިފިލުވުން

"ސާރާއާއި ޝްރައްދާ ވެސް މަސްތުވާ ތަކެތި ބޭނުން ކުރޭ"

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ބޮލީވުޑްގެ ތަރި ސްޝާންތު ސިންގު ރާޖުޕޫތުގެ މަރާއި ގުޅިގެން ފެންމަތިވި މަސްތުވާ ތަކެތީގެ މައްސަލަތަކުގައި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާއާއި ޝަކްތީ ކަޕޫރުގެ ދަރިފުޅު ޝްރައްދާ ކަޕޫރުގެ ނަން ވެސް ހިމެނިއްޖެއެވެ،

Ads by MWSC

ޖޫން 14 ވަނަ ދުވަހު ދަންޖެހިގެން މަރުވި ސްޝާންތުގެ މަރުގެ މައްސަލަ ކްރައިމް ބިއުރޯ އިންވެސްޓިގޭޝަނުން މިހާރު ދަނީ ބަލަމުންނެވެ. ސްޝާންތު ހުރީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ އަތްދަށުގައި ބަދެވިފައިކަމަށް ސްޝާންތުގެ އާއިލާއިން ރިޕޯޓްކުރުމުން އޭނާގެ މަރުގެ ޒިންމާ އެޅުނީ ރިއާގެ ބޮލުގައެވެ. އެގޮތުން ސްޝާންތުގެ ބޭންކް އެކައުންޓްތައް ވެސް ރިއާގެ އަތްދަށުގައި ހުރިއިރު އެތައް ކްރޯޑް ރުޕީސްއެއް އޭނާ ވަނީ ބޭނުންކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން ސުޝާންތަށް ބާރުގަދަ ބޭސްތަކެއް ދީފައިވާ ކަމަށް ވެސް ވެއެވެ.

މި މައްސަލަގަނޑަށްފަހު ދެން ފެންމަތިވީ މަސްތުވާ ތަކެތީގެ މައްސަލައެވެ. ސްޝާންތަށް މަސްތުވާތަކެތި ދީ އެކަމުގެ ވިޔަފާރީގައި ރިއާއާއި އޭނާގެ ބޭބެ އަދި ސްޝާންތުގެ މެނޭޖަރު އުޅުނު ކަމުގެ ހެކިތައް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް މިހާރު ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން ސްޝާންތާ ރިއާއާއެކު ސާރާ އަދި ޝްރައްދާގެ އިތުރުން ފެޝަން ޑިޒައިނާ ސިމޯން ކަމްބައްތާ ވެސް މަސްތުވާތަކެތީގެ ޕާޓީތަކުގައި ހަރަކާތްތެރި ވެފައިވާ ކަމަށް އެ ބިއުރޯއަށް މީހަކު ވަނީ ހެކި ބަސް ދީފައެވެ. މި ހެކި ބަހާއި ގުޅިގެން އެންސީބީން ވަނީ ސާރާއާ ޝްރައްދާ އަދި ސިމޯން އެ ބިއުރޯއަށް ޙާޟިރު ކުރުމަށް ނިންމާފައެވެ. އެންސީބީއަށް ހެކި ބަސް ދިން މީހާ ބުނެފައި ވަނީ އެމީހުން ފަރުބަދަ މައްޗާއި އެކި ޖަޒީރާ ރަށްތަކުގެ އިތުރުން ސުޝާންތުގެ ފާމްހައުސްއެއްގައި ޕާޓީ ކުރާ ކަމަށާއި އެޕާޓީތަކުގައި އާންމުކޮށް ބޭނުން ކުރަނީ ގަންޖާއާ ލިކާއެވެ.

މިހާރު ފުލުހުންގެ ހައްޔަރުގައި ހުރި ރިއާ ވެސް ވަނީ އެ ތިން ތަރިންނާ އެކީގައި ޕާޓީ ކުރާ ކަމަށް އިޢުތިރާފުވެފައެވެ.

 

Ads by Allied Insurance
  1. ާައަހަރެން

    ޔޫޫ ކާންޓްް ޖަސްޓްް ސޭޭ ބޭނުންް ކުރެޔޭޭ ފޯޯ ސަމްތިންް ދެޓްް އިޒްންޓްް ޕްރޫވެންް ޔެޓްް!