ދުނިޔެ

އިންޑިއާގައި އުޅޭ 13 ލައްކަ ކަސްބީ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން އަމުރުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާގެ އެކި އަވަށްތަކުގައި އުޅޭ 13 ލައްކައަށްވުރެ ގިނަ ކަސްބީ އަންހެނުންނަށް ވަގުތުުން ވަގުތަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ އެންމެ މަތީ ކޯޓް، ސްޕްރީމް ކޯޓް އޮފް އިންޑިއާއިން އެޤައުމުގެ ސްޓޭޓްތަކުގެ ސަރުކާރުތަކަށް އަމުރުކޮށްފިއެވެ.

Ads by WAMCO

ލޮކްޑައުންއާ ގުޅިގެން ކަސްބީ އަންހެނުން ބަނޑަށް ޖެހިފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައެއްގައި އެޤައުމުގެ ސްޕްރީމް ކޯޓުން ނިންމި ނިންމުގައި ބުނެފައިވަނީ، ކަސްބީ އަންހެނުން އާއްމުދަނީ ހޯދާނެ އިތުރު ގޮތެއް ނެތި ބަނޑަށް ޖެހިފައިވާ ކަަމަށާއި މިމީހުންނަށް، ކާނާއާއި އަންނައުނު އަދި ގައިން ތާހިރުވާނެ ތަކެތި ސަރުކާރުން ފޯރުކޮށްދިނުމަށް އަމުރު ކުރާ ކަމަށެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން އިންޑިއާގެ ސްޕްރީމް ކޯޓަށް ހުށަހެޅި މިމައްސަލައިގައި ބުނެފައިވަނީ، އިންޑިއާގައި އުޅޭ ކަސްބީ އަންހެނުންގެ ތެރެއިން 72 އިންސައްތަ އަންހެނުން އާއްމުދަނީ ހޯދަން އިތުރު މަސައްކަތެއް ނުކުރާ ކަމަށާއި 33 އިއްސަައްތަ މީޙުން ލޮކްޑައުންއާއެކު ބަނޑަށް ޖެހިފައިވާ ކަަމަށެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަށް ދުވާހަލު އެންމެ ފަހަރަކު ކާނެ އެއްޗެހިވެސް ނުލިބޭ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވަނީ، މިގޮތަށް ސަަރުކާރުން އެހީތެރިކަން ފޯރުކޮށްދޭއިރު، ކަސްބީ އަންހެނާގެ މަޢުލޫމާތު ސިއްރު ކޮށްދިނުމަށް އެދިފައެވެ.

ސްޕްރީމް ކޯޓުގެ މިނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އިންޑިއާއަށް ވަނީ އަމާޒުވެފައެވެ. މިގޮތުން ގިނަ ބަޔަކު ބުނަމުން ދަނީ މިއީ މިފަދަ ހަޑި މުޑުދާރު މަސައްކަތް ކުރަން ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ. އަދި މިދަނޑިވަޅުގައި އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަަކީ މާ ރަނގަޅު ކަމެއް ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

 

Ads by HDC
  1. ޜޭޕިސްތާން

    ޓިޕިކަލް އިންޑިޔާ. ބޯ ހަލާކު. ދެން ހުކުމް ކުރާނީ އެ އަންހެން ވެރިންނަށް އެ ކަން ކުރާނެ ފިރިހެނުން ހަމަޖައްސައިދޭން ކަން ނޭނގެ.

  2. ޙަވީބު

    ޜާއްޖެޔައް ފައިސާނުދީ އިންޑިޔާ ފުރަތަމަ ތާހިރުކޮއް ފަގީރުކަން ނައްތާލަބަލަ

  3. ާައަހަރެން

    މިި ދެންް ބޮޑުު ވެއްޖެެ މުސީބާތެއްނުު. އިންޑިއާާ މީހަކުު ގުއިފުކެއްް ޖެހިޔަސްް ދިވެހިި ނޫސްތަކުގަަ އޮންނާނެެ އެވާހަކަަ. މިި ދެންް ކޮންކަމެއްތަަ.