ދުނިޔެ

ކޮވިޑް އަދި އާއްމު ރޯގާ އެއްކޮށް ޖެހިއްޖެނަމަ އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑު: ސިއްޙީ މާހިރުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ހުއްޓާ ޢާއްމު ރޯގާއެއް ވެސް ޖެހިއްޖެނަމަ، މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް އިންގްލެންޑް ސަރުކާރުގެ ބައެއް ސިއްޙީ މާހިރުން ބުނެފިއެވެ.

Ads by Sosun Fihaara

އެގޮތުން ހެދި ބައެއް އެނަލިސިސްތަކަށް ބަލާއިރު ކޮވިޑް އާއި އާއްމު ރޯގާ ޖެހިގެން އެނދުމަތި ކުރެވުނު ބަލިމީހުން ނިސްބަތުން ބަލާއިރު ވަރަށް ގިނަ އެވެ. އަދި އެހެން ބަލިމީހުންނަށް ވުރެ އެމީހުންގެ ހާލު މާ ދެރަ ކަމަށާއި މަރުވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް އެދިރާސާތަކުން ދެއްކިއެވެ.

ރޯގާ ޖެހުމުން ވެސް ނުވަތަ ކޮވިޑަށް ފައްސި ވެއްޖެނަމަ ވެސް، އެއީ އާދައިގެ ކަމެއްގެ ގޮތުގައި ނުނެގުމަށާއި ވީއެންމެ އަވަހަކަށް ބައްޔަށް ފަރުވާ ހޯދަން މަސައްކަތް ކުރުމަށް އޮފިޝަލުން ވަނީ އާއްމުންގެ ކިބައިން އެދިފައެވެ. އަދި ވެކްސިން ޖަހަން ދެކޮޅު ނުހެދުމަށް ވެސް އޮފިޝަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އިނގިރޭސިވިލާތުގައި ޢާއްމު ރޯގާ ޖެހޭ މީހުންވެސް ނިސްބަތުން ގިނަވުމުން، ރޯގާއިން ރައްކާތެރިވުމަށް މިއަހަރު ގިނަ އަދަދެއްގެ ވެކްސިނޭޝަން ޕްރޮގްރާމްތަކެއް ވެސް އުފައްދާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. މިޕްރޮގްރާމްތަކުގެ ދަށުން ޖުމްލަ 30 މިލިއަން މީހުންނަށް ވެކްސިން ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި މިއީ މިދިޔަ އަހަރާއި ބަލާއިރު އޭގެ ދެގުނަ ކަމަށްވެސް އޮފިޝަލުން ހާމަ ކޮށްފައިވެއެވެ.

އިންގްލެންޑުގައި މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރޯގާ ޖެހުމުން ރައްޔިތުން ރައްކާތެރި ނުކުރެވިއްޖެނަމަ ހޮސްޕިޓަލުތަކުގައި ބަލިމީހުން އިތުރުވެ، ކޮވިޑް ބަލީގެ މީހުންނާއި ޢާއްމުރޯގާ ޖެހިފައި ތިބި މީހުން ވަކި ކުރަން ނޭނގި، ނުވަތަ ދެ ބަލި އެއްކޮށް ޖެހިފައިވާ މީހުންކަން ޔަގީން ނުވުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!