ޚަބަރު

އަސްކޮއި ގްރޫޕުގެ މައްސަލަ ބަލައި ހަރުކަށި ފިޔަވަޅު އަޅާނަން: ޝަހީމް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ:ދެން އިމޭޖްސް

މި ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ގެންދިއުމަށް ފައިސާ މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑުގެ މައްސަލަ މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި އުމްރާއަށް މީހުން ގެންދިއުމުގެ ގަވާއިދާ ހިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އުމްރާއަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އުމްރާއަށް ދާންވެގެން އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދެއްކި ބަޔަކުކޮށްފައިވާ ޕޯސްޓުތަކެއް މިފަހުން ވަނީ ފޭސްބުކުގައި ދައުރުވެފަ އެވެ.

އެތަނުން އެއް ޕޯސްޓެއްގައި ބުނެފައި ވަނީ އުމްރާއަށް ދާން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އޮޅުވާލުމެއްގެ ތެރެއިން "ވާނުވާ" ގައި ބައިތިއްބާފައިވާ ކަމަށެވެ. އަސްކޮއި ޖަމާއަތަށް އެ މީހުން ފައިސާ ދެއްކި ސްލިޕްތަކެއް ވެސް ހިއްސާކޮށްފައިވެ އެވެ. ސްލިޕްތަކުން 20،000 އާއި 60،000 ރުފިޔާ އާ ދެމެދުގެ އަދަދެއް ޓްރާންސްފާކޮށްފައިވާ ކަމަށް ދައްކަ އެވެ.

ފައިސާ ދެއްކި މީހުން ބުނެފައިވާ ގޮތުގައި އެހެން ގްރޫޕަކުން ރޯދަ މަހުގެ އުމްރާއަށް ދިއުމަށް ޖާގަ ހޯދުމަށްފަހު، އެ މީހުން ދައްކާފައިވާ 252،000 ރުފިޔާ އަލުން އަނބުރާ ދިނުމަށް އެދުމުން ރީފަންޑް ވެސް ކޮށްދީފައި ނުވާ ކަމަށެވެ.

އުމްރާއަށް ނުގެންދެވޭ ސަބަބާ ގުޅޭގޮތުން އަސްކޮއި ޖަމާއަތުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު އާ ސުވާލުކުރުމުން އޭނާ ފޮނުވި މެސެޖެއްގެ ސްކްރީން ޝޮޓެއް ވެސް ދައުރުވި އެވެ.

އެ މެސެޖުގައި އަބްދުﷲ ބުނެފައި ވަނީ އުމްރާއަށް މީހުން ގެންދިޔުން ލަސްވީ ދިމާވި 'ކަމެއްގެ' ސަބަބުން  ކަމަށެވެ. އަދި ވަކި ގޮތެއް ހަމަޖެހިފައި ނުވާތީ އާއި އުމްރާއަށް ގެންދެވޭނެ ފުރުސަތު ކުޑަ ކަމަށް މެސެޖުގައިވެ އެވެ.

މިނިސްޓަރު ޝަހީމް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި ޖަމާއަތުގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

"ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުން. އުމްރާއަށް މީހުން ގެންދިއުމުގެ ގަވާއިދާ ހިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ،" ޝަހީމް ވިދާޅުވި އެވެ.

މިފަހުން ވެސް ޖަމާއަތްތަކެއް ހުއްދަ ބާތިލުކޮށް ފިޔަވަޅު އަޅާފައިވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އުމްރާގެ އަޅުކަމަށް ދިޔުމަށް ދައްކާ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލަ ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ.

Ads by Ooredoo
  1. ރަށުމީހާ

    ނިމިދިޔަ އަހަރު އަދި މިއަހަރު އެންމެގިނައިން އިސްތިހާރު ދެއްކީ މިގުރޫޕް މިމީހުންގެ މޮޅުވާހަކަ މުޅިންވެސް ޓީވީ އިސްތިހާރުގަ އައިސްފަހުރީ ، ހެޔޮނުވާނެ ފާޑު ފާޑުގެ ގުރޫޕްތަކަށް ފައިސާނުދީބަލަ