ދުނިޔެ

"ޕްރިންސް ހެރީ އާއި މޭގަން މާކްލް ޝާހީ ޢާއިލާ ދޫކޮށްލެއްވީ ތަފާތު ކުރާތީ"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕްރިންސް ހެރީ އާއި މޭގަން މާކްލް ޝާހީ ޢާއިލާ ދޫކޮށްލައްވާ ދިރިއުޅުން ލޮސް އެންޖަލަސް އަށް ބަދަލު ކުރެއްވީ ޝާހީ ޢާއިލާއިން އެދެމަފިރިން ބާކީ ކުރާތީ ކަމަށް، ޝާހީ ގަނޑުވަރުތެރެއިން ބަޔަކު މީޑިއާތަކަށް މަަޢުލޫމާތު ދީފިއެވެ.

Ads by Sosun Fihaara

މޭގަން އާއި ޕްރިންސް ހެރީ ޝާހީ ޢާއިލާއިން ވަކިވާން ނިންމެވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ޢާއްމުންވަނީ އެކަމާއި ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިނގިރޭސިވިލާތުގައި އުޅުއްވި އެދެމަފިރިން ކެމެރާ ކުރިމައްޗަށް އަރުއްވާއިރު ނުހަނު ހިނިތުންވެފައި ހުންނެވި ނަމަވެސް، ހަގީގަތުގައި ޝާހީ ޢާއިލާއިން މޭގަން އާއި ޕްރިންސް ހެރީ އާއިމެދު ކަންތައް ކުރަމުންދިޔަ ގޮތާއިމެދު ހިތްހަމަނުޖެހުނު ކަމަށް، މީޑިއާއާ ތަކަށް ސިއްރުން މަޢުލޫމާތު ދިން ފަރާތްތަކުން ބުނެފައިވެއެވެ.

އެގޮތުން ރިޕޯޓުތަކުން ބުނެފައިވަނީ އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބެތު، ޕްރިންސް ވިލިއަމް އާއި އޭނާގެ އަންހެނުން ކޭޓް މިޑްލްޓަން ކޮށްފައިވާ ޞަދަޤާތުގެ މަސައްކަތްތަކަށް މާބޮޑަށް އިސްކަން ދެއްވާފައިވާ ކަމަށެވެ. އަދި ޕްރިންސް ހެރީ އާއި މޭގަން މާކްލް ގެ މަސައްކަތްތަކަަށް އެހާ ބޮޑު އަޙައްމިއްޔަތު ކަމެއް ނުދެއްވާ ބާކީ ކުރެއްވި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މީގެއިތުރުން ޕްރިންސް ހެރީ އާއި މޭގަން މާކްލް ޝާހީ ޢާއިލާ ދޫކޮށްލައްވަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ރާނީ ދެއްވި ޚިތާބެއްގައި ބޭނުން ކުރެއްވި ފޮޓޯ ސްލައިޑް ތަކެއްގައި ވެސް އެދެމަފިރިން ނުހިމެނުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިދިޔަ އަހަރުގެ ކްރިސްޓްމަސް ޚިތާބު ރާނީ ދެއްވިއިރު، ޝާހީ ޢާއިލާގެ އެންމެންގެ ފޮޓޯ ސްލައިޑެއް ވެސް ދައްކަވާ ލެއްވިއެވެ. ނަމަވެސް އެފޮޓޯ ސްލައިޑުގައި ޕްރިންސް ހެރީ އާއި މޭގަން މާކްލް ގެ ފޮޓޯއެއް ނުހިމެނެއެވެ. އަދި ރާނީގެ އޮފީސް މޭޒުމަތީގައި ބަހައްޓާފައި ފޮޓޯ ފްރޭމްތަކުގައި، ޕްރިންސް ހެރީގެ ދެކަނބަލުންގެ ފޮޓޯއެއް ނުހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!