ބޮލީވުޑް މުނިފޫހިފިލުވުން

"ދީޕިކާ ޑިޕްރެސް ވަނީ ޑްރަގް ބޭނުން ކުރާތީ"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން ގޮސް، ފެންމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައިގައި ސުވާލު ކުރުމަށް، ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯން ވެސް ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރު ކުރަން ނިންމާފައެވެ.

Ads by STELCO

މި މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައި ބޮލީވުޑް ތަރި ކަންގަނާ ރަނައުޓް ވަނީ ދީޕިކާ އަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

ކަންގަނާ ކުރި ޓްވީޓެއްގައި ވަނީ ދީޕިކާ ގެ ޑިޕްރެޝަން އެވެއާނެސް ކެމްޕެއިނަށް ވަރަށް ބޮޑަށް ޖޯކު ޖަހާފައެވެ. އަދި ދީޕިކާ ޑިޕްރެސް ވަނީ ޑްރަގް ބޭނުން ކުރާތީ ކަމަށާއި ޑިޕްރެޝަން އަކީ ޑްރަގް ބޭނުން ކުރުމުގެ ސަބަބުން ދިމާވާ ކަމެއްގެ ގޮތުގައި ކަންގަނާ ވަނީ ސިފަކޮށްފައެވެ.

ކަންގަނާ ވަނީ ދީޕިކާ އޭނާގެ މެނޭޖަރު މެދުވެރިކޮށް ޑްރަގް ހޯދާ ކަމުގެ ތުހުމަތު ވެސް ކޮށްފައެވެ.

މީގެ ކުރިން ވެސް ކަންގަނާ ވަނީ ބޮލީވުޑުގެ ގިނަ ތަރިން ޑްރަގް ބޭނުން ކުރާ ކަމުގެ ތުހުމަތުކޮށްފައެވެ.

އިންޑިއާ ގައި މިވަގުތު ހުރި އެންމެ އަގުބޮޑު އެކްޓްރެސް ދީޕިކާ،ޑްރަގް މައްސަލައިގައި އެންސީބީ އަށް ހާޒިރު ކުރަން ނިންމާފައި ވަނީ މިހަފްތާ ތެރޭގައެވެ. ދީޕިކާ ގެ އިތުރުން ބޮލީވުޑްގެ ތަރިން ކަމުގައިވާ ސާރާ އަލީ ޚާން އާއި ޝްރަދާ ކަޕޫރު ވެސް ވަނީ މިމައްސަލައިގައި އެންސީބީ ގެ ރާޑަރަށް އަރާފައެވެ.

ދީޕިކާ ޕަދްކޯން އަކީ ނަފުސާނީ މައްސަލަތަކަށް މީހުން ހޭލުންތެރިކޮށް، އެކަމަށް އެހީވެދޭ ފައުންޑޭޝަނެއް ވެސް ހިންގަމުން އަންނަ ބަތަލާއެކެވެ. މީގެ ފަސް އަހަރު ކުރިން ޑިޕްރެޝަނުގެ ތެރޭގައި އުޅެން ޖެހި ތަޖުރިބާކުރަން ޖެހުނު ކަންކަމުން ކުރިމަތިވި ވޭންތައް އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމުގައި ދީޕިކާ ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!