ލައިފްސްޓައިލް

އިބުރަތްތެރި ވާހަކަ: ހިކުމަތްތެރިޔާގެ ނަސޭހަތް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކިޔައިދޭން މި އުޅެނީ ވަރަށް ހިކުމަތްތެރި މީހެއްގެ ވާހަކައެވެ. މީހުންނަށް ދިމާވާ މައްސަލަތައް ވިސްނުންތެރިކަމާއެކު ހައްލުކޮށްދިނުމުގައި އެއީ މަޝްހޫރު މީހެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް އެކި ހިސާބުތަކުން މީހުން މި މީހާ ކައިރިއަށް އާދައެވެ. އެކިކަހަލަ މައްސަލަތަކުގެ ހައްލު ހޯދުމަށެވެ. ނަމަވެސް ގިނަ މީހުން އަބަދުމެ ކުރަނީ އެއީ ޝަކުވާއެކެވެ. އަބަދުވެސް ދިމާވަނީ އެއް މައްސަލައެކެވެ. 

Ads by MWSC

އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށްޓަކައި ވިސްނުން ތޫނު ހިކުމަތްތެރިއާ އަށް މަޖުބޫރު ވެއްޖެއެވެ. ސިކުނޑިއަށް އައި ޚިޔާލާއި އެއްގޮތަށް އެއްދުވަހަކު މައްސަލަ ހުށަހަޅަން އައިސް ތިބި މީހުންނަށް ހިކުމަތްތެރިއާ ޖޯކެއް ކިޔައިދިނެވެ. ޖޯކު ކިޔައިދީ ނިމުނު އިރު އެންމެން ތިބީ ހިހީ ހަލާކުވެފައެވެ. 

އަނެއްކާވެސް ހިކުމަތްތެރިޔާ ހަމަ އެ ޖޯކު ކިޔައިދިނެވެ. ނަމަވެސް މިފަހަރު މަދު މީހެއްގެ ފަރާތުން ފެނުނީ ކުޑަ ހިނިތުންވުމެކެވެ. ތިންވަނަ ފަހަރަށް ވެސް ހަމަ އެ ޖޯކު ތަކުރާރުކުރިއެވެ. ނަމަވެސް މިފަހަރު އެއްވެސް މީހެއްގެ މޫނުމަތިން ހިނިތުންވުމެއްގެ އަސަރުވެސް ފެންނަން ނެތެވެ. 

ކުރަން ބޭނުންވި ކަންތައް ހާސިލު ވުމުން ހިކުމަތްތެރިއާ ހިނިތުންވެފައި ބުންޏެވެ. ފުރަތަމަ ފަހަރަށް ޖޯކު ކިޔައިދިނުމުން މަޖާވި ނަމަވެސް ތިންވަނަ ފަހަރަށް އަޑު އިވުމުން ހިނިތުންވުމެއްގެ އަސަރުވެސް ފެންނާކަށް ނެތެއް ނޫންހެއްޔެވެ ؟ހަމަ އެފަދައިން  ކޮންމެ ދުވަހަކު ތަކުރާރުކޮށް އެއް މައްސަލައެއްގެ ވާހަކަ ދައްކާ އެކަމާ ހިތާމަ ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ ؟ 

ހިކުމަތްތެރިއާ އަންގައިދޭން ބޭނުންވީ މުހިއްމު ފިލާވަޅެކެވެ. ކޮންމެ ދުވަހަކު ތަކުރާރުކޮށް އެއް ކަމަކާ ހުރެ ހިތާމަކޮށް ކަރުނަ އޮއްސުމަކުން ލިބޭނެ ފައިދާ އެއް ނެތްކަމެވެ. އެހެނީ، އެކަމުން ބޭކާރު ވެގެން ދާނީ ތިމާގެ އަގުހުރި ވަގުތާއި ހަކަތަ ކަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!