ދުނިޔެ

އިންޑިއާގެ ހާލަތު ގޯހުން ގޯހަށް؛ އިއްޔެ އެކަނިވެސް ހާހަކަށްވުރެ ގިނަ މަރު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅި ދުނިޔެއިން ވެސް އެންމެ ގިނަ މީހުން ފައްސިވި އަދި އެންމެ ގިނަ މީހުން ކޮވިޑް-19 ބަލީގައި މަރުވި ޤައުމަކަށް އިންޑިއާ ވެއްޖެއެވެ.

Ads by Sosun Fihaara

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑީއާއިން، 1,093 މީހުންވަނީ މަރުވެފައެވެ. އަދި އިތުރު، 85,468 މީހުން މިބައްޔަށް ވަނީ ފައްސިވެފައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމަކީ އިންޑިއާއެވެ. އެޤައުމުގައި މި ބަލިމަޑުކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމުގައި އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ވަނީ ބެލެވިފައެވެ.

އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 4.4 މިލިއަން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ 961,998 މީހަކަށެވެ. އޭގެތެރެއިން 8000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!