ދުނިޔެ

މި ގައުމުތަކުން ކޮވިޑް19 އަށް އެކަކު ވެސް ފައްސިވެފައެއް ނުވޭ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ކޮވިޑް19 ގެ ބަލިމަޑުކަމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ޢާލަމީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ބަލިމަޑު ކަމުގައި މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ދުނިޔެ ދޫކޮށްފައިވެއެވެ. އަދި 33 މިލިއަން މީހުން ނުވަތަ ދުނިޔޭގެ ހަތަރު ޕަސެންޓް މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ.

Ads by Sosun Fihaara

ނަމަވެސް މި ނުރައްކާތެރިކަމުގެ އެއްވެސް ހިލަމެއް ނެތް ބަޔަކު ވެސް ދުނިޔޭގައި އެބައުޅެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި 12 ގައުމުން މިހާތަނަށް ކޮވިޑް19 އަށް އެކަކު ވެސް ފައްސިވެފައެއް ނުވެއެވެ.

ކިރިބަތީ:ޕެސިފިކް ކަނޑުގައި ގައި އޮންނަ ޖަޒީރާ މި ގައުމުން ކޮވިޑްގެ އެއްވެސް ކޭސް އެއް ރަޖިސްޓްރީކޮށްފައެއް ނުވެއެވެ. މި ގައުމުގެ އާބާދީއަކީ 123،000 އެވެ.

މާޝެލް އައިލެންޑްސް: ޕެސިފިކް ކަނޑުގައި އޮންނަ މި ގައުމަކީ ވެސް ޖަޒީރާ ގައުމެކެވެ. ކުރިން އެމެރިކާގެ އަތްދަށުގައިވާ މި ގައުމު މިނިވަންވީ 1979 ގައެވެ، މި ގައުމުގެ އާބާދީ އަކީ 58،000 އެވެ.

މައިކްރޮނޭސިއާ: ޕެސިފިކް ކަނޑުގައި އޮންނަ މި ގައުމަކީ އެތައް ސަތޭކަ ރަށް ހިމެނޭ ގައުމެކެވެ. މި ގައުމުގެ އާބާދީއަކީ 112،000 އެވެ.

ނައުރޫ: މައިކްރޮނޭޝިއާގެ ކުޑަ ދައުލަތެއްގެ ގޮތުގައި އޮންނަ ނައުރޫއަކީ މައިކްރޮނޭޝިއާގެ ރަށްތަކުގެ ތެރޭގައި އޮންނަ ރަށެކެވެ. މި ގައުމުގެ އާބާދީއަކީ 10،000 އެވެ.

ނޯތު ކޮރެއާ: މި ލިސްޓްގައި މުޅިންހެން ހިމެނެނީ ޖަޒީރާ ރަށްތައް އެކުލެވޭ ގައުމުތައް ނަމަވެސް ނޯތު ކޮރެއާ މި ލިސްޓަށް އިތުރުވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބެއެވެ. ނަމަވެސް ދުނިޔެއާ އެކަހެރި ވެރިކަމެއް ހިންގާ މިގައުމުން ކޮވިޑް19 ގެ ކޭސް އެއް އަދި ރަޖިސްޓްރީ ކޮށްފައެއް ނުވެއެވެ. ކިމް ޖޮން އުންގެ ވަރުގަދަ ވެރިކަން ހިނގާ އެ ގައުމުގެ އާބާދީއަކީ 25 މިލިއަނެވެ.

ޕަލައު:ޕެސިފިކް ކަނޑުގައި އޮންނަ އެތައް ސަތޭކަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ މި ގައުމުގެ އާބާދީ އަކީ 17،900 އެވެ.

ސަމޯއާ: މީހުން ދިރިއުޅޭ ބޮޑު ދެރަށުގެ މައްޗަށް އެކުލެވޭ މިގައުމަކީ ވެސް ޕެސިފިކް ކަނޑުގައި އޮންނަ ގައުމެކެވެ. މި ގައުމުގެ އާބާދީގައި 196000 މީހުން ހިމެނެއެވެ.

ސޮލޮމޮން އައިލެންޑްސް: ޕަޕުއާ ނިއުގިނީ ކައިރީގައި އޮންނަ މި ޖަޒީރާ ގައުމުގައި ވެސް އެތައް ސަތޭކަ ރަށެއް އޮވެއެވެ. މި ގައުމުގެ އާބާދީގައި 652،000 މީހުން ހިމެނެއެވެ.

ޓޮންގާ: ޕެސިފިކް ކަނޑުގައި އޮންނަ މިގައުމުގައި 170 ރަށް އޮވެއެވެ. އާބާދީއަކީ 103،000 އެވެ.

ތުރުކުމުނިސްތާން: އޭޝިއާގެ މެދުގައި އުޒުބަކިސްތާނާއި ކަޒަކިސްތާނާ ދެމެދު އޮންނަ ތުރުކުމުނިސްތާންގައި  ވެސް މިހާތަނަށް ކޮވިޑް19އަށް ފައްސިވީ މީހަކު ނެތެވެ. މިގައުމުގެ އާބާދީގައި 5.8 މިލިއަން މީހުން ހިމެނެއެވެ.

ޓުވާލޫ:މި ގައުމަކީ ވެސް ޕެސިޕިކް ކަނޑުގެ ގައުމެކެވެ. 9 ރަށް ހިމެނޭ މި ގައުމުގެ އާބާދީ އަކީ 11000 އެވެ.

ވަނުއަޓޫ: ޕެސިފިކް ކަނޑުގައި އޮންނަ 80 ރަށް ހިމެނޭ ވަނައުޓޫގެ އާބާދީ އަކީ 292،000 އެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!