ޚަބަރު

ޅ. އަތޮޅުގައި ހިމެނޭ 5 ސަރަޙައްދެއް ހިމާޔަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޅ. އަތޮޅުގައި ހިމެނޭ ފަސް ސަރަޙަައްދެއް ހިމާޔަތް ކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

Ads by STELCO

ްއެގޮތުން އެމަޖިލީހުގެ ލަފަޔާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެއަތޮޅުން ހިމާޔަތްކުރެއްވުމަށް ކަނޑައެޅުއްވި ފަސް ސަރަޙައްދަކީ ޅ. އަތޮޅުގެ މާގަނދު (އެނިމޮނީ) ތިލަ، ދިއްފުށި-މާދޫގައި ހިމެނޭ ފަސް ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު، ޅ. އަތޮޅު މާކޯ، އެއަތޮޅު ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅިއާއި ދަނޑިފަޅު ފިނޮޅު ސަރަހައްދު އަދި ޅ. ދަށުގިރި ފިނޮޅު ސަރަހައްދެވެ.

ވަޒީރުންގެ މަޖިލީހުން މަޝްވަރާ ކުރެއްވުމުގެ މިޖަލްސާ ބޭއްވީ މިއަދު މެންދުރުފަހު އޮންލައިންކޮށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ހިމާޔަތް ކުރެއްވުމަށް ނިންމެވި މި ފަސް ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ. މިސަރަހައްދުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއް އަސާސަކީ، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތު ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މަޢުލޫމާތުތަކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!