އަހަންނާއި އާއިލާ އިން ކޮވިޑް ވެކްސިން ނުޖަހާނަން : އެލަން މަސްކު

އަވަސް މުސްތަގުބަލެއްގައި ކޮވިޑް-19 އަށް ވެކްސިން ޖެހުމަށް ގަސްދު ނުކުރާ ކަމަށް ޓެސްލާގެ ސީއީއޯ އެލަން މަސްކު ބުނެފިއެވެ.
49 އަހަރުގެ އެލަން ބުނީ މިވަގުތު އޭނާ އާއި އާއިލާ އަށް ކޮވިޑް-19 ވެކްސިން ޖެހުން އެހާ މުހިންމު ނޫން ކަމަށެވެ. އަދި އޭނާގެ އާއިލާއަށް ވުރެ ވެކްސިން ގެ ބޭނުން ޖެހިފައި ތިބި މީހުން ގިނަ ކަން އެލަން ފާހަގަ ކުރިއެވެ.
އެލަން މިހެން ބުނެފައި ވަނީ ދަ ނިއު ޔޯކް ޓައިމްސް އަށް ދިން ޕޮޑްކާސްޓެއްގައި އޭނާ އާ ކުރި ސުވާލަކާ ގުޅިގެންނެވެ. އެގޮތުން އެ ޕޯޑްކާސްޓު ހުށަހަޅަމުން ދިޔަ ހޯސްޓު ކާރާ ސްވިޝާ ވަނީ ކޮވިޑް-19 ވެކްސިން ތައްޔާރުވުމުން އެލަން އާއި އާއިލާއިން އެ ވެކްސިން ޖަހާފާނެތޯ ސުވާލު ކޮށްފައެވެ.
ހަ ކުދިންގެ ބައްޕަ، އެލަން ވަނީ އޭނާ އާ އޭނާގެ އާއިލާ އަށް ކޮވިޑް-19 ގެ އެއްވެސް ރިސްކެއް ނެތް ކަން ފާހަގަކޮށްފައެވެ.
ލޮކްޑައުން ގެ އުސޫލުތަކަށް އެލަން ތައުރީފް ކުރިއިރު، އެލަން ވަނީ އޭނާ ކޮވިޑް-19 އާ ގުޅިގެން ހަވާޑް ޔުނިވާސިޓީގެ ސައިންޓިސްޓުންނާއެކު ވެކްސިންއެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަން ވެސް ހާމަކޮށްފައެވެ. އެގޮތުން ޓެސްލާ އިން ބިިލް ގޭޓްސްގެ "ކިޔޯވެކް" ކުންފުންޏަށް ވެކްސިން މެޝިންތައް ހަދަމުން އަންނަ ކަމަށް އެލަން ބުނެފައިވެއެވެ.
އީލޮން މަސްކް ވެކްސިން ނުޖަހާނެ ވާހަކަ ބުނީމަ އެ ނުވާނެ މައްސަލައަކަށް. އެއީ އޭނާގެ ބްރޭވަރީ. އެކަމަކު މުސްލިމަކު މިހެން ބުނެބަލަ. އެ މީހަކީ ނާތަހުޒީބު މީހެއް، އެކްސްޓްރީމިސްޓެއް. ޑަބަލް ސްޓޭންޑާޑް.