އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކޮށްފި

އައްޑޫ ސިޓީގެ ހުޅުމީދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕް ކޮށްލައިިފިއެވެ.
ފުލުހުން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކާއި ގަދަކަމުން ބަދްއަޚްލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތި ވެފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެެވެނީ އުމުރުން 68 އަހަރުގެ ފިރިހެނަކަށް ކަމުގައި ފުލުހުން މައުލޫމާތު ދެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ މިހާރު ވަނީ ހައްޔަރު ކުރެވިފައި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އެގޮތުން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށްފަހު ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެެއާޒް އިން ކަނޑައަޅައި ތަނެއްގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.