ޚަބަރު

އަލީ ރަމީޒު ރައީސް ކަމަށް؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހިންގެ ހިތްތަކުން ލޯބި ހޯދާފައިވާ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށްފާނެ ކަމުގެ އިޝާރާތެއް ދީފި ކަމަށް ގިނަ ބަޔަކު ބުނެފިއެވެ.

Ads by Sosun Fihaara

ގިނަ ބަޔަކު މިހެން ބުނެ ސުވާލު އުފައްދަން ފަށާފައި ވަނީ އަލީ ރަމީޒު މީސް މީޑިއާ ގައި ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

"2023 އިންޝާ الله" ޖަހައި އަލީ ރަމީޒު ޓްވީޓު ކުރުމާއެކު ގިނަ ބަޔަކު ވަނީ އަލީ ރަމީޒު ހަމަ ހަގީގަތުގައި ވެސް 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލަނީތޯ ސުވާލު އުފައްދާފައެވެ.

އަދި އަލީ ރަމީޒު ކުރިމަތި ލައިފިނަމަ ވޯޓު ލާނެ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ސިޔާސީ ވެށީގައި ހިނގާ ދީނާ ނުގުޅޭ ކަންކަމަށް ވެސް ފާޅުގައި އިންކާރު ކުރާ މީހުންގެ ތެރޭ އެންމެ އިސް ސަފުގައި ހުންނަ އެކަކީ އަލީ ރަމީޒެވެ.

ފޭސްބުކްގައި ޢަލީ ރަމީޒުގެ ހަރަކާތްތައް މިހާރު ބަލާ މީހުންގެ އަދަދު އެއްލައްކަ އަށް ވުރެ ގިނައެވެ. ޓުވިޓާގައި އޭނާ ފޮލޯކުރާ 23 ހާހަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އެގާރަ ހާހަށްވުރެ ގިނަ މީހުން އޭނާގެ ޔޫޓިޔުބް ޗެނަލް ސަބްސުކްރައިބްކޮށްފައި ވެއެވެ.

އަލީ ރަމީޒުގެ ފޭސްބުކް ޕޯސްޓްތަކަށް ބަލާލާއިރު އެތައް ސަތޭކަ ބަޔަކު އޭނާގެ ހަމަ ކޮންމެ ޕޯސްޓަކަށް ރިއެކްޓްކޮށް ޝެއަރ ކުރެއެވެ. ހަމައެހެންމެ އެތައް ބަޔަކު ކޮމެންޓްކުރެއެވެ.

ްި”އިންޝާالله 2023”އޭ ލިޔެ މީސްމީޑިއާއަށް އަލީ ރަމީޒު ދޫކޮށްލި ޕޯސްޓަކީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ޝައުގުގައި ބުނި ބަސްތަކެއް ކަމަކަށް ނުބެލެވެއެވެ. ނަމަވެސް އަލީ އެ އިޝާރާތް ކުރަނީ އޭނާ ވެސް އަޑު އުފުލަމުންދާ ނުރަނގަޅު ކަންކަން 2023 ގެ އިންތިޚާބުން ބަދަލު ކުރެވޭނެ ކަމަށް، ބެލެވެއެވެ.

Ads by HDC
  1. ނަޢީމް

    އަލީރަމީޒު ކުރިމަތިލައިފިއްޔާ އަހަރެންގެ ވޯޓާ އަހަރެންގެ މުޅި އާއިލާގެ ވޯޓު އަލީރަމީޒަށް ކަށަވަރު.

  2. މަރިޔަމް އިފާޝާ

    އަލީރަމީޒު ރައީސްކަމަށް ކުރިމަތި ލުމަކީ އެތައް ހާސް ދިވެހި ރައްޔިތުންނެއްގެ އުއްމީދު. މާތްރަސްކަލާނގެ ބަރަކާތް ލައްވާށިއެވެ.

  3. ނަަޝީދު

    ޢަލީރަމީޒު ރާއްޖޭގެ ރައީސްކްމަށް އައުމަކީ ތީ ހަމަ އަޅުގަނޑުވެސް ބޭނުންވާ ކަމެއް. ބަރާބަރު އިނގޭ އަލީރަމީޒު. މަގޭ ވޯޓު އަލީއަށް

  4. ރަޝީދު

    އަލީ ރަމީޒުގެ ޔޫޓިއުބްގަ އިނީ 4 ހާހެއް ނޫން. 11800 (އެގާރަ ހާސް އައްސަތޭކަ)

    • ޢެގާރަ

      ޚަބަރުގައި އޮތީ އެގާރަ ހާހަށް ވުރެ ގިނަ ކަމަށް.. ދެން ކޮބާ މައްސަލަ އެއް

  5. ފަރުހާދު

    އަލީ މެންކަހަލަ އަހުލާގު ގޯސް މީހުންނަކަށް މަގޭ ވޯޓެއް ނެތް. މުއްމަދު ނަޝީދު ކަހަލަ ދީނީ މީހަކު ހުއްޓާ ކިހިނެއް އަލީއަށް ދޭނީ.

  6. އަލަފް

    މަވެސް މަ އާޢިލާވެސް ޢަލީ ރަމީޒް އާއެކު

  7. މުހަންމަދު

    އަލީރަމީޖު ބެސްޓު މަގޭވޯޓު ޔަގީން ކުރެވުނުހާ މަސައްކަތެއްކޮއްދޭނަން ވޯޓުހޯދަން

  8. ކައިޒީނ ޖަހާންގީރު

    މިކޮައ ހާދަ ބޯރަނގަޅޭ، ލިޔާއިރ ވިސްނައިގެން އެއްޗެހި ލިޔަނ މަދު ނޫސްވެރިއެއް. ނުޒުހާ ތީ ބުއްދީގެބޭނުނ ކޮށްގެންލިޔާ ކުއްޖެއް

  9. ިނިޝް

    ދީނީ ޢިލްމުވެރިޔަކު ނޫނީ ޢަލީ ފަދަ މީހަކު ރާއްޖޭގެ ވެރިކަމަށް އައުން ވަރަށް އެދެން

  10. ޝަބާބް

    އައްޔަ އަށް މިޤައުމު އަބަދުވެސް ފަޚުރުވެރިވޭ ….
    މަވެސް އަށްޔަ އާއި އެކު އިންޝާﷲ…

    • ކިޔާ މީހާ

      އައްޔަ ތި ވިސްނުން ކުރިޔަށް ނެރެ 2023 އަށް ތައްޔާރުވޭ. މަގޭ ވޯޓް، މުޅި އާއިލާގެ ވޯޓްވެސް ޔަޤީންވާނެ. އިންސާﷲ

  11. ކަބުރުބޭ

    ޢަލީ ރަމީޒް އަށް ވަރަށް ސަލާމް. މިހާރުންފެށިގެން އަވަހަސް ޕީއެންސީ ޕީޕީއެމްއައި ގުޅިގެން ދީނަށްޓަކާ ނުކުމެ ވީހާވެސް ގިނަބަޔަކު ޖިހާދަށް ނުކުތުމަސް ހިތްވަރުދީ ނަޞޭޙަތްދެމުންގެންދޭ. ހަމަ ނޭނގެ ދޯ ކާމިޔަބު ވެދާނެ. އެހެންނޫނީ ދެން ވަކި އަންނިޔަ ހިންވަރު ސޯލިޙަ މީވަކިން ކާކުތަ ދޯ. މަޢުމޫނާ ޔާމީނު ކަހަލ ސައްޔުދި ބޭފުޅެއްގެ ޢާއިލާގެ މީހުންނެއްވެސް ނޫން. ގައިމުވެސް އަލިރަމީޒުގެ ބައްޕާ ކާސިމްބެ ސައްޔިދު ބޭފުންނާ ނުލަހިކު ރައްޓެހި ބޭފުޅެއްދޯ އެއީ.. އެހެންވިއްޔަ ވެރިކަމަށް ހަމަ ތަޞައްރަފު ތިހުރީ ފުދިފަ

    • އަހަރެން

      ބޭފުޅާ މޮޔަފުޅު ވީތޯ؟

  12. އިލެކްޝަން

    މިހަާރު ޢަލީ ހޮވިއްޖެ!

    • މަވެސް

      • ރައީސް

        ރާއްޖެ ޓޯރާބޯރާޔަށް ވާކަން ދިވެހި ރައްޔިތުން ނޭދޭނެ! އެހެންކަމަކާ އުޅޭ!

  13. ހަބީބާ

    މާތްވެގެންވާ އިސްލާމްދީނުގައިވާކަންކަން އާއްމުރައްޔިތުންނައް އޮޅުންފިލުވައިދިނުމުގާ ދެމިހުންނަވާ މިގައުމުގެ ސިޔާސީ މައިދާނައްނުކުންނަ ދީނީއިލްމުވެރިންނައް ވަމުންދާގޮތް އަހަރުމެނައްއެބަފެނޭ އެފަދަގޮތެއްވާކައްނޭދެން

  14. ޥަކައޮޅި ދޮހުއްތު

    ޢެހެން ކަމަށްވަންޏާ ރަނިންގމޭޓަކަށް މަގޭ ނަން ޖަހާލާ!

    • ޝާހު

      މަގޭ ފެމެލީ އިންމެން އަލީ ރަމީޒު އަށް ވޯޓު ދޭނަން ބަރާބަރު އައްޔަ ކުރިމަތިލާ ވެރިކަމަކީ ﷲ ދެއްވާ އެއްޗެއް

  15. ލުބަާ

    މަގޭ ވޯޓު އަދި މަގޭ އާއިލާ ގެ ވޯޓު ކަށަވަރު

  16. ާަ ވަރަށް ތާއީދު ކެންޕެއިންކޮށްދޭނަން ވޯޓުވެސް ދޭނަން

  17. ޙަބީބު.

    އިސްލާމީ ޝަރީއަތް ގައިމުކޮއް މަސްތުވާ ތަކެތި ބޭނުންކުރާ ނެޓުވޯކުތައް ފުނޑާލާނެ ވެރިޔަކުބޭނުމީ އެމިހަކައް މަގޭޖާނާފުރާނަ ގުރުބާން

  18. ޙަލީމް.

    ޢަލީ ރަމީޒު ރައީސް ކަމަށް ހަމަ އޯކޭ.