ދުނިޔެ

ޒަޚަމްގެ ސަތޭކައެއްހާ ނިޝާން ފެންނަން ހުރި އުމުރުން ދެ ދުވަހުގެ ކުއްޖެއް މަރާލާފައި އޮއްވާ ފެނިއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ބޯޕާލް، އިންޑިއާ: ޒަޚަމްގެ ސަތޭކައެއްހާ ނިޝާން ފެންނަށް ހުރި ، އުމުރުން ދެ ދުވަހުގެ އަންހެން ކުއްޖެއް މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

Ads by Sosun Fihaara

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ބޯޕާލްގައެވެ.

ބޯޕާލް ފުލުހުންނާ ހަވާލާދީ މީޑިއާ ބުނެފައި ވަނީ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ފައްޅިއެއްގެ ކައިރިން ކަމަށާއި ކުއްޖާ އޮތީ ޝޯލްއަކަށް ލާ އޮޅާލާފައި ކަމަށެވެ. ކުއްޖާ ފެނުނު މީހުން އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ހޯމަ ދުވަހު ހެނދުނެވެ. ފުލުހުން ގޮސް ބެލި ބެލުމުން އެމީހުން ފުރަތަމަ ހީކުރީ އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ނިޝާންތަކަކީ ކުއްޖާ ރޭގަނޑު އެ ކުއްޖާ އެއްލާލުމުން ޖަނަވާރެއްގެ ފަރާތުން ލިބިފައިވާ އަނިޔާގެ ނިޝާންތަކެއް ކަމަށެވެ.

ނަމަވެސް އޮޓޮޕްސީ ރިޕޯޓް ދެއްކި ގޮތުގައި އެ ޒަޚަމްގެ ނިޝާންތަކަކީ އިސްކުރު އަނބުރާ ކަށިގަނޑަކުން ދީފައިވާ ހަމަލާތަކުގެ ނިޝާނެއް ކަމަށެވެ.

ފުލުހުންނަށް އަދި މި ކުއްޖާގެ ތަފްސީލް ހޯދިފައެއް ނުވެއެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ ކުއްޖާއަކީ ހޮސްޕިޓަލަށް ނުގޮސް ގޭގައި ވިހާފައިވާ ކުއްޖެކެވެ. އަދި ގޭގައި އެ ކުއްޖާ މަރާލުމަށްފަހު ގެންގޮސް ފައްޅި ކައިރީގައި ބޭއްވީ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

ފުލުހުންގެ އޮފިޝަލެއް މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ޝޯލުގެ ތެރެއިން ކުއްޖާ ނެގުމުން އެމީހުން ސިހިގެން ދިޔަ ކަމަށާއި އެ ކުއްޖާގެ މުޅި ހަށިގަނޑު އޮތީ ޒަޚަމުން ފުރިފައި ކަމަށެވެ.

މިއީ މިދިޔަ ދެ ހަފްތާ ތެރޭގައި ބޯޕާލްގައި ހިނގި ވިހާފައި ތުއްތު ދަރިފުޅު މަރާލި ތިންވަނަ ހާދިސާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!