ދުނިޔެ

16 އަހަރުގެ ޒުވާން އަންހެން ދަރިފުޅު 3000 ރުޕީސްއަށް ވިއްކާލައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޗަޓިސްގަޅު،އިންޑިއާ: އިންޑިއާ މީހަކު އޭނާގެ އަންހެން ދަރިފުޅު 3000 ރުޕީސްއަށް (600 އެއްހާ ދިވެހި ރުފިޔާ) އަށް ވިއްކާލައިފިއެވެ.

Ads by WAMCO

މި ޙާދިސާ ހިނގާފައި ވަނީ މީގެ ދެއަހަރު ކުރީން ނަމަވެސް މި ހާދިސާގެ ޚަބަރު ފެންމަތިވީ ދާދި މިދާކަށް ދުވަހުއެވެ. ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި 3000 ރުޕީސްއަށް އަންހެން ކުއްޖާ ގަތް މީހާ އެ ކުއްޖާ ގެންދިޔައީ ގޭތެރޭގެ މަސައްކަތް ކުރާ މީހެއްގެ ވަޒީފާ ދޭނެ ކަމަށް ބުނެއެވެ. ނަމަވެސް އެ ކުއްޖާ ގެންގޮސް އޭނާ ވަނީ އެ ކުއްޖާއަށް ޖިންސީ އަނިޔާކޮށް، ރޭޕް ކޮށްފައެވެ. އަދި އެންމެ ފަހުން ކުއްޖާ ބަނޑުބޮޑުވުމުން އޭނާ ވަނީ އަންހެން ކުއްޖާ މަގު މައްޗަށް ދޫކޮށްލާފައެވެ.

ކޮވިޑް19ގެ އެންމެ ބިރުވެރި ދުވަސްވަރު ކަމަށްވުމާއެކު މި އަންހެން ކުއްޖާއަށް އަޅާލާނެ އެއްވެސް މީހަކު މަގުމަތިންނެއް ވެސް ނުވިއެވެ. އެންމެ ފަހުން މި ކުއްޖާ ސަލާމަތް ކޮށްފައި ވަނީ ވުމެން އެންޑް ޗައިލްޑް ވެލްފެއާ ޑިޕާޓްމަންޓުންނެވެ.

އެ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށަށް ވޭތުވެދިޔަ މެއިމަހު މި ކުއްޖާ ގެނެވުނު ނަމަވެސް އޭނާ ވަނީ ލިބުނު ދިމާވި ހާލަތާއި ލިބުނު އަނިޔާތަކާ ގުޅިގެން ޝޮކެއް ލިބިފައެވެ. ވޭތުވެދިޔަ ފަސް މަސް ދުވަހު ކައުންސިލިން ދީ ހާދިސާގެ ވާހަކަ އެކުއްޖާ ކިޔައިދިނީ ސެޕްޓެމްބަރ މަހުގެ ފަހުކޮޅުގައެވެ. މި އަންހެން ކުއްޖާ މިހާރު ވަނީ ވިހާފައި ވެސް މެއެވެ.

މި އަންހެން ކުއްޖާ ކިޔައިދިން ގޮތުގައި އޭނާގެ ދިރިއުޅުން ބަދަލުވެ ބައްޕަގެ ފަރާތުން އަނިޔާތައް ލިބެން ފެށީ އޭނާގެ މަންމަ ނިޔާވުމަށް ފަހުގައެވެ.

  1. ކާފަ

    ބުރުމާއަށްތަ؟