ޚަބަރު

ޖާބިރުގެ ވިސްނުން ހުރީ ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑު އަޑީގެ މިސްކިތް ރާއްޖޭގައި އެޅުމަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ މިސްކިތް އެޅުމުގެ ވިސްނުން ހުރި ކަން ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހާމަކުރައްވައިފިއެވެ.

Ads by Sosun Fihaara

ޖާބިރު މިމޭރުވުން ވާހަކަ ދައްކަވަމުން އޮންލައިން ނޫހެއް ކަމަށް "ވަގުތު" އަށް ވިދާޅުވެފައިވާ ގޮތުގައި ކަނޑު އަޑީގެ މިސްކިތެއް އަޅުއްވަނީ ތަފާތު މިސްކިތެއް ބިނާ ކުރެއްވުމަށްޓަކައި ކަމަށެވެ.

އަދި މި މިސްކިތަށް ނަން ދިނުމަށް ހަމަޖެހިފައިވަނީ ދާދި ފަހުން ދެމި އޮތުމުގެ އާލަމަށް ދަތުރުކުރެއްވި ކުވައިތުގެ އަމީރު ޝައިޚް ޞަބާޙް އަލްއަޙްމަދު އައްޞަބާޙް ގެ ނަމުން ކަމުގައި ވެސް ޖާބިރު ވަނީ "ވަގުތު" އަށް ވިދާޅުވެފައެވެ.

އެގޮތުން މި މިސްކިތަށް އެ ނަމުން ނަން ދޭން ނިންމެވީ ކުވެއިތުގެ އަމީރަކީ މުޅި އިސްލާމީ އުންމަތަށް ހެޔޮ ބޭފުޅަކަށް ވުމުން އެކަން ފާހަގަކުރުމުގެ ގޮތުން ކަމުގައި ވެސް ޖާބިރު ވިދާޅުވިއެވެ.

އުމުރުފުޅުން 91 އަހަރުގެ އަމީރު ޝައިޚް ޞަބާހް އަވަހާރަވީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެމެރިކާގައެވެ.

އަމީރު ޞަބާޙް މަގާމާ ހަވާލުވެ ވަޑައިގަތީ 29 ޖެނުއަރީ 2006 ގައެވެ. އެމަނިކުފާނަކީ ކުވައިތުގެ ކުރީގެ ވެރިޔާ އަޙުމަދު ޞަބާޙް އަލްޖާބިރުގެ ހަތަރު ވަނަ ދަރިކަލުންނެވެ. އަމީރު ޞަބާޙްގެ އަނބިކަނބަލުން ފާތިމަތު ބިންތު ސަލްމާން ވަނީ 1990 ވަނަ އަހަރު ނިޔާވެފައެވެ. އެމަނިކުފާނަށް ތިން ދަރިކަލުންނާއި އެއް ދަރިކަނބަލަކު ލިބިވަޑައިގެންނެވިއެވެ. އޭގެ ތެރެއިން ދަރިކަނބަލުންނާއި ދަރިކަލެއް ވަނީ ދުނިޔެ ދޫކޮށްފައެވެ.

Ads by Ooredoo
  1. އައިސް

    އަނގައިންއ ބުނެވިދާނެ ބޯގޯސް…