ޚަބަރު

ތަކުރާރުކޮށް ދަންނަވަން، އެމްއެމްޕީއާރްސީގެ ފައިސާ އަޅުގަނޑަށް ލިބިފައެއް ނުވޭ: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްއެމްޕީއާރްސީ ގެ ޚިޔާނާތަކީ ސަރުކާރުން ހިންގި ބޮޑު ސްކޭމެއް ކަމަށާއި އޭގެ ފައިދާ އެންމެންނަށް ވެސް ލިބުނު ކަމަށް ކުރީގެ ނައިބު ރައީސް އަދި މިމައްސަލައިގައި ދައުލަތުން އެންމެ ބޮޑު ތުހުމަތެއް ކޮށްފައިވާ އެއްފަރާތް ކަމުގައިވާ އަހުމަދު އަދީބު ވަނީ އިއްޔެގެ އަޑުއެހުމުގައި އިއުތިރާފުވެ ވަޑައިގެންފައެވެ.

އެކަމާއި ގުޅޭގޮތުން ލިޔެފައިވާ ޚަބަރެއް ޓްވިޓާގައި ހިއްސާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ ގެ ފައިސާއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށެވެ.

އެމްއެމްޕީއާރްސީ ގެ ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް ކޮށްފައިވެއެވެ. އެއީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާ އެކެވެ. މިހަތް ދައުވާއަށް ވެސް އެމަނިކުފާނު ވަނީ އިއްޔެގެ ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފުވެ ވަޑައިގެންފައެވެ.

އަދީބު ކުށަށް އިއުތިރާފްވެ ވަޑައިގަންނަވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފްގެ އެއްބަސްވުން ހެެދީ މަޖުބޫރު ކަމެއް އޮވެގެންތޯ އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ސުވާލު ކުރެއްވުމުން އަދީބު ވިދާޅުވީ އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށެވެ. އެ ސުވާލުތަކަށް ފަހު ގާޒީ ނިންމެވީ އަދީބުގެ އިއުތިރާފް ބަލައިގަތުމަށެވެ.

Ads by HDC
  1. ކައުންސެލަރު

    މީނާ ދައްކާވާހަކަ މާނަ ކުރަންވާނީ އެކޮޅުކޮޅުން. ގެޓްވެއްޖެދޯ މިބުނިއެތި
    އެހެންވީމާ އެނގޭދޯ ކަންހިނގާފަ ހުރިގޮތް