ޚަބަރު ދިވެހި ސިނަމާ

ޔުނާން އާއި ރިހްލާ ފުލުހުންގެ ބެލުމުގެ ދަށަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހުޅުމާލޭގައި ދިރިއުޅޭ ގެއަށް ފުލުހުން ގޮސް ދާދި ދެންމެ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by MWSC

އެނގިފައިވާ ގޮތުގައި ޔުނާން އާއި އޭނާގެ އަންހެނުން ރިހޫ ހައްޔަރު ކުރަން ގޮވާލާ، ބަޔަކު ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގޭ ކައިރިއަށް މިއަދު ހަވީރު ވަނީ އެއްވެފައެވެ.

ޔުނާން އާއި ރިހޫ ގެ މައްޗަށް ޔުނާންގެ އާއިލާއިން ތުހުމަތު ކޮށްފައި ވަނީ އޭނަގެ ބޭބެގެ ދަރިއަކާއި ދައްތަގެ ދަރިއަކާއެކު ޖިންސީ ގުޅުން ހިންގި ކަމަށެވެ. މިދެކުދިންނަކީ ވެސް އުމުރުން 18 އަހަރު ނުފުރޭ ދެ ކުދިންކަން އެނގިފައިވެއެވެ.

ނަމަވެސް މިތުހުމަތަކީ ކިހާވަރެއްގެ ހަގީގަތެއް ހުރި ތުހުމަތެއްކަން އަދި އެނގިފައެއް ނުވެއެވެ.

ޢާއިލާއިން މިފަދަ ބޮޑު ތުހުމަތެއް ކުރުމުގެ ސަބަބުން ޔުނާން އާއި ރިހޫ ހައްޔަރު ކޮށްފައިވާއިރު، މީސް މީޑިއާގައި ވެސް ބަޔަކު ވަނީ އެމީހުން ހައްޔަރު ކުރުމަށް ގޮވާލާ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ވެސް ގޮވާލާފައެވެ.

ނަންހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ މިއީ އެމީހުންގެ އާއިލީ މައްސަލައެއް ކަމަށް ބޮޑަށް ލަފާކުރެވޭ ކަމަށާއި ރިހޫ އާއި ޔުނާން އެފަދަ ކަމެއް ކުރާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ފުލުހުން މިއަދު ވިދާޅުވީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ކުއްޖަކާއެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަަޚްލާގީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 3 އޮކްޓޯބަރ ވީ ހޮނިހިރު ދުވަހުގެ 16:00 ކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

 

Ads by Ooredoo
  1. ރިޝްފާ

    ޔޭ… އައި ވޮން…. ލަވްޔޫ އޯލް ސޯ މަޗު….