އަމިއްލައަށް މަރުވުމުގެ ކުރިން ދަރިފުޅާއި އަނބިމީހާގެ ފުރާނަނެތް މަސްގަނޑާއެކު ކެތްވީ 2 ހަފްތާ ވަންދެން

އިންޑިއާގައި ފިރިހެނަކު އަމިއްލައަށް މަރުވުމުގެ ކުރިން އޭނަގެ އަންހެނުންނާއި އުމުރުން އެންމެ 3 އަހަރުގެ ދަރިފުޅު މަރާލުމަށްފަހު އެ ދެމައިންގެ ފުރާނަނެތް މަސްގަނޑާ އެއްކޮށް ކެތްވީ 2 ހަފްތާ ވަންދެނެވެ.
އިންޑިއާގެ ފުލުހުން މީޑިއާއަށް މައުލޫމާތު ދޭގޮތުގައި، މަރާލެވިފައިވާ އެ އަންހެން މީހާއާއި އެ ދަރިފުޅުގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން އެއްވެސް މީހަކަށް އެ ދެމައިން ފެނިފައެއް ނުވެއެވެ.
ފުލުހުން އެމީހުންގެ ގެއަށް ވަދެފައި ވަނީ ކުޑަ ދޮރުތަކުގެ ލުއްވަތައް ތަޅާލުމަށް ފަހުގައި ކަމަށާއި، އެއީ މިދިޔަ އަންގާރަ ދުވަހު ކަމަށް އިންޑިއާގެ ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ދެމައިން ގަޔަށް ވަރަށް އިހާނެތިކޮށް ގިނަ ތަންތަނަށް ވަޅި ހަރާފައިވެއެވެ. އަދި އެ ފިރިހެން މީހާ އަމިއްލައަށް މަރުވެފައި ވަނީ އަމިއްލައަށް ވަޅި ޖަހައިގެން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެންމެ ކުޑަމިނުން ގޭގައި ގެންގުޅުނު ކުއްތާވެސް މީގެ އެތަކެއް ދުވަހެއް ކުރިން މަރާލައިފައި ވާކަމަށާއި، މުޅި ގޭތެރެއިން ވެސް ދުވީ ނުބައި ވަސް ކަމަށް ފުލުހުން މައުލުމާތު ދެއެވެ. މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އިންޑިއާގެ ފުލުހުން މައުލޫމާތު ދެއެވެ.
އިންކުރެޑިބުލްއިންކުރެޑިބުލް އިންޑިޔާ…