ބޮލީވުޑް މުނިފޫހިފިލުވުން

ޖަލުގައި ރިއާ ކުރީ ކޮން ކަމެއް؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޖޫން މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް މަސްތުވާތަކެތި ހޯދައިދީ، އެ ބޭނުންކުރަން މަގުފަހިކޮށްދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޮތީ ވަނީ އިއްޔެ ޖަލުން މިނިވަންވެފައެވެ.

Ads by STELCO

ކަފާލާތުގެ ދަށުން ރިއާ މިނިވަންވެފައިވަނީ އެ ޑްރަގް ކޭސްގައި ރިއާގެ ބައިވެރިވުމެއް ނެތް ކަމަށް ބޮމްބޭ ކޯޓުން ބުނުމާ ގުޅިގެންނެވެ.

ރިއާ މިނިވަން ވުމާއެކު އެންމެ ގިނަ ބަޔަކު ބަލާލަން ބޭނުންވި އެއް ކަމަކީ ރިއާ އެއްމަސް ދުވަސް ޖަލުގައި ހޭދަކުރި ގޮތެވެ. ރިއާގެ ވަކީލު ސަތީޝް މަނޭޝިންޑޭ އިއްޔެ ވަނީ ރިއާ ޖަލުގައި ހޭދަކުރި ދުވަސްތަކާ ގުޅޭ ގޮތުން އިންޑިއާގެ ބައެއް ނޫސްތަކަށް އިންޓަވިއު ދީފައެވެ.

އެގޮތުން އޭނާ ބުނި ގޮތުގައި އޭނާ އަމިއްލަ އަށް ކްލައިންޓަކާ ބައްދަލުކުރަން ޖަލަށް ދިޔައީ ވަރަށް ގިނަ އަހަރުން ތަކެއް ފަހުން ކަމަށެވެ. އަދި އެއީ ރިއާ ޖަލަށް ލީ ނުހައްގުން ކަމަށްވާތީ ކޮންމެހެން ވެސް ރިއާގެ ހާލު ބަލަން ބޭނުންވާތީ ކަމުގައި ސަތީޝް ބުނެފައިވެއެވެ.

ސަތީޝް ވަނީ ރިއާގެ ހިތްވަރުގަދަ ކަމަށާއި ކެތްތެރިކަމަށް ތައުރީފުކޮށްފައެވެ. އަދި ރިއާ ޖަލުގައި ހޭދަކުރީ ހަމަ އާންމު މީހެއް ފަދައިން ކަމަށާއި އެހެނިހެން ގައިދީންނާ ވެސް ވަރަށް ގުޅިގެން އުޅުނުކަން އޭނާ ފާހަގަކުރިއެވެ.

އެގޮތުން ޖަލުގެ އެހެން ގައިދީންނަށް ޔޯގާ ކްލާސްތައް ނަގައިދީފައިވާ ކަމަށާއި އެގޮތަށް އެކި ކަންކަމުގައި ރިއާ އަވަދިނެތި އުޅުނު ކަމުގައި ސަތީޝް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!