ޚަބަރު

"ބައިކޮޅަށް ގޯލު ޖަހާތަން" ފެންނާތީ އަންނަ ރިޔާސީ އިންތިޚާބާ މެދު އަވަހަށް ގޮތެއް ނިންމަން ގޮވާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީގެ ތިން އަހަރު ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއިމެދު އެމްޑީޕީން އަވަހަށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފި އެވެ.

Ads by MWSC

އެމްޑީޕީން ނެރޭ "ޚަބަރު ސިޓީ" ގެ އެންމެ ފަހުން ނެރުނު އަދަދުގައި އާޒިމް ލިޔެފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބަށް މިހާރު ވެސް ތައްޔާރުވާން ފަށާފައިވާ ކަމަށާއި، އެ ޕާޓީތަކުގެ ފިކުރުގެ މީހުނަށް ވަޒީފާއާއި ޕްރޮޖެކްޓުތައް ހަވާލުކުރުން ފަދަ ކަންކަމުން ސަރުކާރުގައި ތިބެގެން އޭގެ ފައިދާ ނަގަމުންދާ ކަމަށެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނެ ގޮތަކާމެދު މިހާރުން ފެށިގެން ގޮތެއް ނިންމުމަށް އާޒިމް ގޮވާލައްވާފައިވެއެވެ.

ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ނިޔަތާއިމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވަމުން އާޒިމް ވިދާޅުވީ އެޕާޓީތަކުން ވެސް ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަކަމާއި، އަތޮޅު ތެރޭގައި އެކަން ޚާއްސަކޮށް ފާހަގަވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން 2012 އިން ފެށިގެން ހެޔޮ ވެރިކަމެއް ގާއިމު ކޮށްދިނުމަށް ގުރުބާންވީ އެމްޑީޕީ މެންބަރުން ބާކީވެ، ޕާޓީ ދެކެ ފޫހިވެ، މާޔޫސްވެފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނިކުންނާނީ ކޯލިޝަންގެ ތެރެއިންތޯ ނުވަތަ ނޫންތޯ މިއީ ވަރަށް އަވަހަށް ނިންމަން ޖެހޭ ކަމެއް ކަމުގައި ވެސް އާޒިމް ވިދާޅުވެފައި ވެއެވެ.

"މިހެން މިދެންނެވީ ވާދަވެރި ޓީމުތަކުގެ ކުޅުންތެރިން ގޮވައިގެން މެޗު ކުޅެން އަރައިފިނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލުޖަހާ ތަން އަޅުގަނޑަށް ފެންނާނެތީ" އާޒިމް ލިޔުއްވާފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!