ދުނިޔެ

ކޮވިޑް ބަލިން ޓްރަމްޕް ސަލާމަތްވޭތޯ ނަދުރެއް ބުނެ، ހަތަރު ދުވަސް ވަންދެން ނުކައިހުރި އިންޑިއާ މީހަކު މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އޭނާ އެބަލިން އަވަހަށް ސަލާމަތްވޭތޯ ނަދުރެއް ބުނެ، ހަތަރު ދުވަސް ވަންދެން ހައި ބަނޑާއި ހުރި އިންޑިއާ މީހަކު މަރުވެއްޖެއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނާ ގޮތުގައި ޓެލަންގަނާ އަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މިމީހާ މަރުވީ، ނުކައި ހުރުމުގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެންނެވެ.

ބުސާ ކްރިޝްނާ ރާޖޫ ނަމަކަށް ކިޔާ މިމީހާ ދުށީ ޓްރަމްޕަކީ އޭނާގެ ކަލާނގެ ކަމަށާއި، އެހެންކަމުން ޓްރަމްޕް ކޮވިޑަށް ފައްސިވުމުން އޭނާއަށް ފުން އަސަރުތަކެއް ކުރި ކަމަށް ބުސާ ގެ އާއިލާއިން ބުނެފައިވެއެވެ.

ކޮވިޑް-19 އަށް ޓްރަމްޕް ފައްސި ވެއްޖެކަން ހާމަ ކޮށްފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އޭގެ ފަހުން ހަތަރު ދުވަސް ވަންދެން ބުސާ ހުރީ އެއްވެސް އެއްޗެއް ނުކައި ނުބޮއެ ކަމަށް ވެސް އޭނަގެ އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނި ގޮތުގައި ބުސާ މަރުވީ އޭނަގެ ތިމާގެ ގެއެއްގައި އިންދާ، ކުއްލިއަކަށް ޚަބަރު ހުސްވެގެން ވެއްޓިގެންނެވެ. ހަމަ އެވަގުތު އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް ޑޮކްޓަރުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބުސާ ވަނީ މަރުވެފައި ކަމަށެވެ. އަދި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުން ޔަގީން ކޮށްދެއެވެ.

މިދިޔަ އަހަރު ބުސާ ވަނީ ޓްރަމްޕުގެ ސިފައާއި ވައްތަރު، ހަ ފޫޓުގެ ބުދެއް ވެސް ހަދާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!