ކޮވިޑް-19: ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ކައްކާގެ އެހީތެރިއެއް ފައްސިވެއްޖެ

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ކައްކާއެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެއްގެ އެހީތެރިއެއް ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ކޮވިޑަށް ފައްސި ވެފައިވަނީ އެތަނުގެ ކެޓަރިންގެ ހިދުމަތް ދޭ ކާނިވަލް ކޮމްޕެނީގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތެކެވެ.
އެމީހާ ކޮވިޑަށް ފައްސިވެފައިކަން އެނގިފައިވަނީ އަލާމާތްތައް ފެނިގެން ޓެސްޓު ހެދުމުން ކަމަށް "ކުޅުދުއްފުށި އޮންލައިން" އަށް އޮފިޝަލަކު މައުލޫމާތު ދީފައިވެއެވެ.
ނަަމަވެސް އެބިދޭސީ މީހާއަށް ކޮވިޑް ޖެހިފައިވަނީ ޕޮލިސް ކްލަސްޓަރ އިން ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
އެމީހާ ފައްސިވުމާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގ ހަދަން ފަށާފައިވާއިރު އެމީހާ ދިރިއުޅޭ ގެ މޮނީޓަރިންގަށްލާ، މިހާރުވެސް 16 ސާމްޕަލް ނަގާފައިވެއެވެ.