ދުނިޔެ

ރަހުމުގެ ކުޑަވެސް މިންވަރެއް ނެތް މައެއް، ހަތަރު އަހަރުގެ ދަރިފުޅު މަރާލީ ކުއްޖާގެ ބޯ ތަޅުންގަނޑުގައި ތަޅާތަޅާ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޕަންޖާބު،އިންޑިއާ: ދެވަނަ ފަހަރަށް ވެސް އަންހެން ކުއްޖަކު ލިބުމުން އެކަމުގެ ނުތަނަވަސް ކަމުގައި ޕަންޖާބުގެ އަންހެނަކު އޭނާގެ ދޮށީ އަންހެން ދަރިފުޅު މަރާލައިފިއެވެ.

Ads by Sosun Fihaara

ޕަންޖާބު ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި އެ އަންހެން މީހާއަށް ދެވަނައަށް ވެސް އަންހެން ކުއްޖަކު ލިބުނު ފަހުން ދެމަފިރިންގެ ތެރޭގައި ދިޔައީ މައްސަލަތައް ބޮޑު ވަމުންނެވެ. އަދި ދިމާވާ ކުދިކުދި ކަންކަމުގައި ވެސް ޒުވާބުކޮށް މައްސަލަ ހޫނުވާ ކަމަށް ބުނެފައިވެއެވެ.

އެއްވެސް ރަޙުމެއް ނެތް މި މައިމީހާ ކުއްޖާ މަރާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ހެނދުނު އަންހެންމީހާ ފާޚާނާއަށް ގޮސް ހަތަރުއަހަރުގެ ދޮށީ އަންހެން ދަރިފުޅަށް ގޮވާލާފައި ޝޭމްޕޫ ފުޅި ގެނެސްދިނުމަށް އެދުނެވެ. އެ ކުއްޖާ ޝޭމްޕޫ ފުޅި ހިފައިގެން ދިޔުމުން ކުއްޖާ ހިފަހައްޓާފައި އެކުއްޖާގެ ބޯ ތަޅުންގަނޑުގައި ތަޅާ މަރާލީ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ކުއްޖާ ރޯ އަޑު އަވަށްޓެރިންނަށް އިވިގެން ، އެމީހުން އެގެއަށް ދިޔައިރު ވެސް ކުއްޖާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މުޅި ތަޅުންގަނޑު އޮތީ ލެއިން ތަތްތެޅިފައި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މިފަދަ ހާދިސާއެއް މީގެ ދެމަސް ކުރިން ރާވަލްޕިންޑީގައި ވެސް ހިނގާފައިވެއެވެ. އެ ހާދިސާގައި ޒާރާ ކިޔާ އަށް އަހަރުގެ ހައުސްމެއިޑަކަށް ގެންގުޅޭ ކުއްޖެއް މަރާލީ ކޮށީގައި ގެންގުޅޭ ދޫނިތަކެއް ދޫކޮށްލުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!