ޚަބަރު

ކޮވިޑް-19: ކުޅުދުއްފުށި ކްލަސްޓާގެ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ސުކޫލު ދަރިވަރުންނާއި ޓީޗަރުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށިން އެންމެ ފަހުން ފެނުނު 4 ކޭހުގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ސުކޫލު ދަރިވަރުންނާއި ޓީޗަރުން ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަނުން ހާމަކޮށްފިއެވެ.

Ads by Hajj Corporation

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ފަރާތުން އިބުރާހިމް ނާޒިމް ވިދާޅުވީ، އެންމެ ފަހުން ފައްސިވި ކޭސްތަކާއި ގުޅިގެން 15 ސްކޫލު ދަރިވަރުންނާއި 7 ޓީޗަރުން އަދި ފުޓްބޯޅަ އެކެޑަމީއެއްގައި ހަރަކާތްތެރިވާ 38 ކުއްޖަކު ކޮންޓެކްޓްވެ, މިހާރު އެކަހެރި ކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުއްޓާއި އުތުރުގެ ރަށް ރަށް ކޮވިޑް ފެތުރުނީ 24 ސެޕްޓެމްބަރުގައި 18 ފުލުހުންނާއެކު މާލޭން ދިޔަ ޓީމެއްގެ ފަރާތުން ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެ ޓީމުގެ ފުލުހުން ވަނީ  ކުޅުދުއްފުށި، ބާރަށް، ދިއްދޫ، ހޯރަފުށި، އަދި ށ ފުނަދޫ ހިމެނޭހެން އުތުރުގެ 5 ރަށަކަށް ގޮސްފައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!