ޚަބަރު

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 106 މިލިއަން ރުފިޔާ ދޫކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުމުގެ ސަބަބުން ވަޒީފާއަށް އަސަރުކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި މިހާތަނަށް ޖުމްލަ 106 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

Ads by MWSC

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 9989 ފަރާތަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 106 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައެވެ.

އިިންކަމް ސަޕޯޓް އެލަވަންސް އަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދު ދަށްވުމާ ގުޅިގެން، ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ އާއި އާމްދަނީއަށް އަސަރު ކުރި މީހުންނަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން ސަރުކާރުން ތައާރަފު ކޮށްފައިވާ އެލަވަންސެކެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރަށެވެ. ޖޮބް ސެންޓަރގެ ވެބްސައިޓުގައި އިންކަމް ސަޕޯޓު އެލަވަންސް ލިބޭ ފަރާތްތަކުގެ މައުލޫމާތުތައް ދަނީ ހިއްސާކުރަމުންނެވެ.

މި އެލަވެންސަށް ޝަރުތު ހަމަވާނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަޒީފާ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކެވެ.

ސެޕްޓެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ މުއްދަތު އޮކްޓޫބަރު މަހުގެ 30 ގެ ނިޔަލަށް ހަމަވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!