އަމީނު ބޭރު ކުރަންވީއޭ ބުނަން ނުކެރިއްޖިއްޔާ އަޅުގަނޑުމެންނެކޭ އޭސީސީއެކޭ އެއްވަރު: އީވާ
ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެމަގާމުން ދުރުކުރަންވީއޭ އެމްޑީޕީގެ ޕީޖީ އަށް ބުނަން ނުކެރިއްޖިއްޔާ، އެމްޑީޕީއެކޭ އެންޓި ކޮރަޕްޝަން ކޮމިޝަނެކޭ އެެއްވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވެފައި ވަނީ މިއަދު އެޕާޓީން ބޭއްވި ޕީޖީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އީވާގެ އެވާހަަކަތައް މިހާރު މީސް މީޑިއާ ގައި ވެސް ދައުރުވަމުން އެބަދެއެވެ.
މަޖިލިހުގެ ނައިބު ރައީސް އީވާ ވިދާޅުވެފައިވަނީ ވަޒީރަކު ކަމުގައި ވުމަށް މަޖިލީހުން ވެސް ރުހުން ދިނުމުން، އެރުހުމާއި ޚިލާފަށް "ވައްކަންކޮށް" މުޅި ރަށުތެރޭގައި ވެސް އެވާހަކަ ދެކެވެމުންދާ ކަމަށެވެ.
"އަޅުގަނޑުމެން (ޕާލިމެންޓަރީ ގްރޫޕުން) ތެދުވެ އަމީނު (ހެލްތު މިނިސްޓަރު) ބޭރު ކުރަންވިއްޔޭ ބުނަން ނުކެރިއްޖިއްޔާ، އަޅުގަނޑުމެންނެކޭ މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަނެކޭ އެއްވަރު." އީވާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ އަމީނު މަގާމުން ވަކިކުރަން މަޖިލިހުން ވޯޓަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން މިއަދު ފާހެއް ނުވެއެވެ. ނަމަވެސް މަޖިލިހަށް މިހާރު މިމައްސަލަ ވަނީ ވައްދާފައެވެ.
އަމިއްލަ ޕާރޓީގާ ބަައިބައިވުން . ގައުމުގެހާކު