ލައިފްސްޓައިލް

ދިރިއުޅުމަށް އައި އެންމެ އަންހެނެއްގެ ސަބަބުން ދަސްވީ ބޮޑު ފިލާވަޅެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮންމެ މީހަކީ ވެސް ދިރިއުޅުމުގެ ވަކި ހިސާބަކުން ބަދަލުވާނޭ މީހެކެވެ. ކުރިމަތިވާ އެކި ކަންކަމާއި ގުޅުވައިގެން ކަމުގައި ވީނަމަވެސް މެއެވެ. ހެޔޮ ބަދަލެއް ނޫންނަމަ ނޭދެވޭ ބަދަލެއް ވެސް އައިސްދާނެއެވެ. މިޒާޖު ބަދަލު ވެދާނެއެވެ.

Ads by STELCO

ކުރިން އަހަރެންނަކީ ގިނަވަގުތު ބޭރުގައި ރައްޓެހިންނާއި އެކުގައި ހޭދަކުރަމުން އައި ޒުވާނަކީމެވެ. އާމްދަނީ ހޯދުމަށްޓަކައި ކުރާ މަސައްކަތަށް އަހަރެންގެ މާބޮޑު ސަމާލުކަމެއް ވެސް ނުދެވެއެވެ. އެދުވަސްވަރު އަހަރެން އެންމެ ބޭނުންވީ ޒުވާންކަމުގެ ދުވަސްވަރު މަޖަލުގައި ވޭތު ކޮށްލުމަށެވެ. ރައްޓެހިންގެ ނަޒަރުގައި އަހަރެންނަކީ ވަރަށް މަޖާ މީހެކެވެ. އަދި އެހާމެ ހިތްހެޔޮ މީހެއް ވެސް މެއެވެ.

ދުވަހެއް އެއްކޮށް ނިމިގެން ދާއިރުގައި ނުދާ ރެސްޓޯރެންޓެއް އަދި ކޮފީ ނުބޯ ވަގުތެއް މަދުވާނެއެވެ. ގެއަށް ވަންނަނީ ހަމައެކަނި ފެންވަރާލުމަށާއި ނިދުމަށެވެ. އާއިލާއަކީ ވާ ބައެއް ކަން އަހަރެން ހަނދާނެއް ނެތެވެ. މުސާރަ ލިބޭ ދުވަހުން ފެށިގެން ބަރާބަރު 10 ދުވަސް ތެރޭގައި މުސާރައަށް ވާ ގޮތް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ. ބޭކާރު ގޮތުގައި ޚަރަދު ކުރެވޭ އިރުގައި ފަހަށް ރައްކާކޮޮށްފައި ބައިރުފިޔާ ގަނޑު ވެސް ނެތީއެވެ.

ކުއްލިއަކަށް މަގޭ ޙަޔާތް ބަދަލުކޮށްލީ މަގޭ ދިރިއުުޅުމަށް އައި ވިހަ ގަދަ ހަރުފައެއްގެ ސަބަބުންނެވެ. އަހަރެން ވެސް ލޯބީގެ އަވާގައި ޖެހި އެލޯބީގެ ޖަލުގައި ގައިދު ވެވުނީއެވެ. ރައްޓެހިންނާއި ދުރުވާން ފެށުނީއެވެ. އޮފީހަށް ފަރުވާ ކުޑަ ކުރެވެން ފެށުނީ އެވެ. ކޮފީތަކަށް އަރަމެވެ. އެހެން ނަމަވެސް ރައްޓެހިންނާއި ވަކިންނެވެ. އޭރު މަގޭ ޙަޔާތުގެ އެންމެ މުހިންމު މީހަކަށް ވެފައިވަނީ މަގޭ ލޯބިވެރިޔާއެވެ. މުޅި ދުވަސް އެއްކޮށް ހޭދަކުރަނީ އޭނައާ އެކުއެވެ. ބުނި ބުނުމަށް އެތައް ކަމަކާއި ދުރުވީމެވެ. ރައްޓެހިންނާއި ދުރުވީ ވެސް ހަމަ އޭނާ ބުނެގެންނެވެ.

ބުނިހާ ގޮތެއް ހަދައިގެން އަހަރެން އުޅެމުން ދިޔައީ އޭނަގެ ބޭނުން ފުއްދުމަށްޓަކައި ރުފިޔާ ޗާޕުކުރާ މެޝިނެއް ފަދައިންނެވެ. ބުނާ ވަގުތަކު ބުނި ތާކު ހުރީމެވެ. އޭނާއަށް ގުލާނު ކޮށްދިނީމެވެ، އެހެންނަމަވެސް އެއްވެސް ހާލެއްގައި އަހަރެން މިވީ ލޯބީގައި ކޮޅުފައިން ޖަހާ ފުނޑު ފުނޑު ކޮށްލާނޭ ކަމަށް ހީކޮށެއް ނޫނެވެ. އޭނާ އަހަރެން ދެކެވީ ހަގީގީ ލޯތްބެއް ނޫނެވެ. އޭނާ ލޯބިވީ އަހަރެންގެ އަތުގައި ހުރި މަދު ފައިސާ ކޮޅަކަށެވެ.

އަހަރެންގެ ވަޒީފާ ގެއްލި މާ ގިނަ ދުވަސްތަކެއް ނުވަނީސް އޭނަގެ ކިބައިން އަހަންނަށް ތަފާތު ތަކެއް ފާހަގަ ވާން ފެށިއެވެ. މަޑުމަޑުން ދުރުވާން ފެށިއެވެ. އެންމެ ފަހުން އަހަރެން ގާތުން އޭނަ ދުރުވީ އޭގައި ވެސް އަހަރެންގެ ކުށް ދައްކަމުންނެވެ. އަހަރެން އޭނައަށް ދޭންވާ ވަރަށް ވަގުތު ނުދެނީއޭ ބުނަމުންނެވެ. އެހެންނަމަވެސް ހަގީގަތުގައި ވަގުތު ދިނީ އަހަރެންނެވެ. އެވަގުތުގައި އަހަރެންނާ ދުރުގައި ހުރީ އޭނައެވެ. ކުރިހާ ފޯނުތަކާއި ފޮނުވިހާ މެސެޖުތަކަށް "އިގްނޯ" ކޮށްގެން އިނީ އޭނައެވެ. މީގައި މަގޭ ކުށަކީ ކޮބާހެއްޔެވެ؟

އަހަރެން މިއަދު މިވަނީ ވަރަށް ބޮޑަށް އެކަނިވެރި ވެފައެވެ. ރައްޓެހިން ގެއްލިފައެވެ. ޢާމުދަނީ ހޯދުމަށް ކުރަމުން އައި ވަޒީފާވެސް މިއަދު އަހަރެން އަތަކު ނެތެވެ. ދިރިއުޅުމުގައި އަހަރެންނާ ދިމާވި އެންމެ އަންހެނަކު މިއަދު ވަރަށް ބޮޑު ފިލާވަޅެއް ދަސްކޮށްފީފިއެވެ. މަސް ދުވާނީ ފެން އޮތް ތާކަށޭ ބުނާ އަޑު އަހަމުއެވެ. އަދި ލަނޑަޔާ ވާނީ ވެސް ލަނޑަޔާއޭ ބުނާ އަޑުވެސް އަހަމުއެވެ. އެހެން ނަމަވެސް ދެގޮތެއް ނެތި އަބަދުވެސް ތިބާއާއި އެކު ތިބާގެ އާއިލާ އަބަދު ވެސް އޮންނާނެއެވެ.

Ads by Ooredoo
  1. ގަމަަަަރ

    އެހެންވެޔޭ ބުނަނީ އަންހެނުން ނަކީ ފިތުނައެކޭ