ލައިފްސްޓައިލް

ޕިޔާރް ދޯސްތީ ހޭ: ޝާހްރުކްޚާން ބުނީ ތެދެއްތަ؟ ލޯތްބަކީ އެކުވެރިކަންތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ކުޗްކުޗް ހޯތާ ހައި" އަކީ ދިވެހީންގެ ތެރޭގައި ވަރަށް މަޝްހޫރު ފިލްމެކެވެ.1998ގައި ނުކުތް މި ފިލްމު ދިވެހީންގެ ބޮޑު މަގުބޫލުކަމެއް ހޯދިއެވެ. އެތައް ދިވެހީންނަކަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. އެ ފިލްމުގައި އެތައް މެސެޖެއް ވެސް ދެެއެވެ. އެ މެސެޖުގައި ލީޑްރޯލުން ފެނިގެންދާ ޝާހްރުކްހާންގެ ޑައިލޮގުތަކުން ވެސް ލައްކަ ވާހަކަ ބުނެދެެއެވެ.

Ads by Sosun Fihaara

މި ފިލްމުގައި ކުލާސްރޫމްގެ މަންޒަރުތައް ވެސް ދައްކުވައިދެއެވެ. އެގޮތުން ލެކްޗަރާ ޝާހްރުކްޚާންއާ ކުރާ ސުވާލަކީ ލޯތްބަކީ ކޮބައި ހެއްޔެވެ؟. ޖަވާބު ދެމުން އަސަރާއެކު ، ޝާހްރުކްހާން ބުނަނީ ލޯތްބަކީ އެކުވެރިކަން ކަމަށެވެ.

"ލޯތްބަކީ އެކުވެރިކަމެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިއަކަށް އޭނާއަށް ނުވެވޭނަމަ އަހަންނަށް އޭނާދެކެ ލޯތްބެއް ނުވެވޭނެއެެވެ. ސަބަބަކީ އެކުވެރިކަމާ ނުލާ ލޯބި ނުވެވޭނެތީއެވެ.

ފަސޭހައެވެ. ލޯތްބަކީ އެކުވެރިކަމެވެ."

ޝާހްރުކްހާން މިބުނި ވާހަކަ އަކީ ތެދު ވާހަކައެއް ބާވައެވެ. ލޯތްބަކީ ހަމަ ހަގީގަތުގައި ވެސް އެކުވެރިކަން ބާވައެވެ. ލޯބި އެކުވެރިކަމަށް ވާންވީ ކޮން ސަބަބަކާހުރެ ބާވައެވެ. ލޯތްބަކީ އެކުވެރިކަން ކަމުގައި ގަބޫލު ކުރަނީ ޝާހްރުކްހާން އެކަންޏެއް ނޫނެވެ. އެގޮތަށް ގަބޫލުކުރާ އެތައް ބަޔަކު އެބައުޅެއެވެ.

ތިބާގެ އެންމެ ގާތް އެކުވެރިޔާ އަކީ އިދިކޮޅު ޖިންސުގެ ކުއްޖެއް ނަމަ، ތިޔަ ދެމީހުންގެ ދޭތެރެއަށް ލޯބި ވަނުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ސަބަބަކީ އަބަދާއި އަބަދު ދިމާވެ، އެކަކަށް އަނެކެއްގެ ފަރާތުން ލޯތްބާއި އަޅާލުން ލިބޭނަމަ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބި ވެވޭނެއެވެ. އެއީ ޝައްކެތް ވަސްވާހެއް އޮތް ކަމެއް ނޫނެވެ.

މިހެން ބުނީމާ ރުޅި އަންނާނީއެއް ނޫނެވެ. ވަރަށް މަދު ފަހަަރަކު ދެޖިންސުގެ ރަހުމަތްތެރިންގެ ދޭތެރެއަށް ލޯބި ނުވަދެ ހުރެދާނެއެވެ. އެކަމަކު އެއީ ހަމަ ހާލަކުން ފަހަރަކުއެވެ. އެެހެންކަމުން ލޯތްބަކީ އެކުވެރިކަމޭ ބުނެވޭ ބުނެވުން ވެސް ދޮގު ކުރެވޭކަށް ހަމަ ނެތެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!