ލައިފްސްޓައިލް

ވަޒީފާ އެއް ހޯދުން: ރާއްޖޭގައި ވަރަށް ބޮޑު ގޮންޖެހުމެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ވަން ފޮޓޯ: މުހައްމަދު ހައްޔާން

މި ކުޑަ ކުޑަ ދިވެހިރާއްޖޭގައި ވަޒީފާއަކަށް ބޭނުންވެފައިވާ ކިތައް މީހުން އެބަ އުޅޭތޯއެވެ؟ ކިތައް މީހުން އާއިލާއަށް ޚަރަދު ނުކުރެވިފައި އެބަ ތިބި ތޯއެވެ؟ މާލީ ގޮތުން އެހީއަށް ބޭނުން ވެފައި ކިތައް މީހުން އެބަތިބިތޯއެވެ؟ އާދެ ޝައްކެއްވެސް ނެތެވެ. ކިތަންމެހާ ވެސް ގިނައެވެ. އެހެން ނަމަވެސް މި ރާއްޖޭގައި ވަޒީފާއެއް ހޯދުމަކީ ކިހާ އުނދަގޫ ކަމެއްކަން އެންމެ ރަނގަޅަށް އެނގޭނީ މިއަދު ވަޒީފާއެއްގެ ބޭނުން އިންތިހާއަށް ޖެހިފައިވާ މީހުންނަށެވެ.

ދިވެހިރާއްޖޭގައި ވަޒީފާ ހޯދުމަކީ ފަސޭހަ ކަމެއްނޫނެވެ. މިހެން މިދަންނަވަނީ ކިތަންމެ މައްޗަށް ތައުލީމް ހާސިލް ކޮށްގެން ހުރި މީހެއްކަމުގައި ވީ ނަމަވެސް މި ރާއްޖޭގައި ވަޒީފާ ދިނުމުގެ މިންގަނޑުގައި، އެ ބުރަ މަސައްކަތް ބަލައި ނުގަންނާތީއެވެ. އެންމެ ބޮޑު އެއް ހަލާކު ކަމަށް ވާކޮރަޕްޝަންމިކަމުގެ ތެރޭގައި ހިމެނޭތީއެވެ. ވީއިރު ކުރެވޭ ސުވާލަކީ ކަންތައް ކުރެވެނީ އެންމެ ރަނގަޅަށްތޯއެވެ؟ ވަޒީފާ ލިބެންޖެހޭ ހަމައެކަނި ބަޔަކީ ވެރިންގެ އާއިލާ ބޭފުޅުންތޯއެވެ؟ އެހެންކަމަށް ވަންޏާ ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމީ ޝަރުތުތައް އުނިކުރުމަށްފަހު މި ދެންނެވި ޝަރުތު ލާޒިމް ކުރަންވީ ނޫންތޯއެވެ؟

ކޮންމެ މީހެއްވެސް ކިޔަވަން ފަށަނީ އެ ކިޔެވި ދާއިރާއަކާ ގުޅޭ ވަޒީފާއެއް ލިބޭތޯ ފޮނި އުންމީދުތައްް ކުރަމުންނެވެ. ނަމަވެސް އެ ފޮނި އުންމީދުތައް ފުނޑުފުނޑު ކޮށްލަނީ ކުރިން ވެސް ދެންނެވި އެންމެ ބޮޑު ހަލާކު ކަމުގައިވާކޮރަޕްޝަންއެވެ. ވަޒީފާ އެކަންޏެއް ނޫނެވެ. ގާތްގަނޑަކަށް ދަންނަވާނަމަ ހުރިހާ ކަމެއްގައިވެސް މެއެވެ. ކޮންމެ މީހަކުވެސް ވަޒީފާއަކަށް ކުރިމަތިލުމަށް ފަހު ފޯނު ކޯލަކުން އެކަންތައް ނިންމާލައެވެ. ވީއިރު މި ވަޒީފާއަށް ޤާބިލު ކިތައް މީހުން އުޅޭނެ ހެއްޔެވެ؟

މިއަދުކޮރަޕްޝަންއަކީ ރާއްޖޭގެ އެންމެ ބޮޑު ހަލާކެވެ. އެކަމެއްގެ ސަބަބުން އެތައް ބައެއްގެ ފޮނި އުންމީދުތައް ފުނޑުފުނޑު ކޮށްލާ އެއްޗެކެވެ. ކޮންމެ މީހަކުވެސް އެތެރެއެތެރެއިން ކަންތައް ނިންމަން އުޅުމުގެ ބަދަލުގައި އިންސާފުވެރިކޮށް ކަންތައްތައް ނިންމާނަމަ ހަމަޖެހުމުގެ ނޭވާލާ ޙައްޤުވެރީންނަށް ޙައްޤު ލިބެމުން ދާނެއެވެ. މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަން ޤާއިމްވެ ފަންތިތަކުގެ ފަރަގު ކުޑަ ކުރެވޭނެއެވެ.

Ads by PNC
  1. ރައްްޔިތުން

    ކޮންމެ ކައުންސިލެއްގެ އޮނިގަނޑުގ ާާ 5ހުސްމަގާމްމީހުންނެގޭކަށްނެތް ފިނޭންސްގެހުެްދަނެތް

  2. ކަމަނަ

    ހާއްސަކޮށް ރާއްޖޭން މަތީ ތައުލީމް ހާސިލުކުރުުމަކީ ބޭކާރުކަމެއް. ވަޒީފާ ދިނުމުގައި ރާއްޖޭން ބޭރުގެ ތައުލީމް ހާސިލްކޮށްފަ ތިބޭ މީހުންނަށް އިސްކަން ދިނުމުގެ އިތުރުން އަންހެނުންނަށް 06 މަސްދުވަހުގެ ޗުއްޓީ ދޭންޖެހޭތީ ތަފާތުކުރާތަންވެސް ފެނޭ. އެންމެންނަކީ ރާއްޖޭން ކިޔެވޭނެ މާލީ ތަނަވަސްކަން ހުންނާނެ މީހުނެއްނޫން.

  3. ޢާދަނުބެ

    ސިޔަަސީ މީހުން ވޯޓު ހޯދަން ވަޒީފާތަށްބަހާލަނީ ތައުލީމެތްނެތް މީހުންނަށް ވަޒީފާ އިއުލާންކުރުމެތްނެތި ހިތުހުރިބަޔަކަށްދެނީ