ކޮވިޑް19 ގެ ދެވަނަ ރާޅު ޔޫރަޕަށް: އަޔަލޭންޑް ލޮކްޑައުން ކޮށްފި

ކޮވިޑް19 ގެ ބަލިމަޑުކަން މަޑުޖެހިފައި އޮތުމަށްފަހު ޔޫރަޕަށް ކުރިމަތިވި ދެވަނަ ރާޅާ ގުޅިގެން އަޔަލޭންޑް ފުރަބަންދު ކޮށްފިއެވެ.
ބޭރުގެ މީޑިއާތައް ރިޕޯޓް ކޮށްފައިވާ ގޮތުގައި ފަސް މިލިއަން މީހުންގެ އާބާދީ ހިމެނޭ އަޔަލޭންޑް ދެވަނަ ފަހަރަށް ފުރަބަންދު އިއުލާން ކުރިއިރު ޔޫރަޕްގެ ބައެއް އެހެން ގައުމުތައް ވެސް ދަނީ ފުރަބަންދާމެދު ވިސްނަމުންނެވެ. އެގޮތުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކުރީން ރަނގަޅު ނަތީޖާތަކެއް ހޯދި ޖަރުމަނު ހިމެނެއެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ދެވަނަ ފަހަރަށް ފުރަބަންދުކުރި ގައުމަކަށް އަޔަލޭންޑް ހިމެނިގެން ދިޔައިރު އެގައުމުން ވަނީ ޖުމްލަ 53 ހާސް މީހުން ކޮވިޑަށް ފައްސިވެފައެވެ. އަދި 1800 އަށް ވުރެ ގިނަ މީހުން އެގައުމުން ވަނީ ކޮވިޑް ޖެހިގެން ދުނިޔެ ދޫކޮށްފައެވެ.
ޔޫރަޕުން ކޮވިޑްގެ ވޭދަނަތައް އިތުރަށް ފެންނަށް ފަށާފައިވާ މިދަނޑިވަޅުގައި ގިނަ ގައުމު ތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސާއި އެއް މިލިއަން ފައްސި ވޭދަނަ ފެނިފައިވާ ދުނިޔޭގެ ފަސްވަނަ ގައުމު ، ސްޕެއިން ހިމެނެއެވެ.