މުނިފޫހިފިލުވުން

ރިތިކް ރޯޝަންގެ މަންމަ ޕިންކީ ވެސް ކޮވިޑަށް ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ

ބޮލީވުޑްގެ އެކްޓަރ ރިތިކް ރޯޝަންގެ މަންމަ ޕިންކީ ރޯޝަން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާ އަށް މައުލޫމާތު ދެމުން ޕިންކީ ބުނީ އޭނާގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން ޓެސްޓުކޮށް، އެބައްޔަށް ފައްސިކަން އެނގުނުތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.

"މިބަލިމަޑުކަން ފެތުރެން ފެށިފަހުން އަހަރުމެން ކޮންމެ 20 ދުވަހަކުން ޓެސްޓު ކުރަން. އާއިލާގެ އެންމެންނާއި ސްޓާފުން ވެސް ޓެސްޓު ކުރަން. އެގޮތުން އެނގުނީ ފައްސިކަން." ޕިންކީ ބުންޏެވެ.

ޕިންކީ ބުނި ގޮތުގައި އޭނާގެ ގައިގާ ވައިރަސް ހުރިތާ މިހާރު 15 ދުވަސް ވެއްޖެ ކަމަށެވެ. އޭނާ ހުރީ އެކަހެރިވެގެން ކަމަަށާއި، މާދަމާ އިތުރު ޓެސްޓެއް ހަދަން ޖެހޭ ކަމަށް ވެސް ޕިންކީ ބުނެފައި ވެއެވެ.

ދާދި ފަހުން ޕިންކީ ރޯޝަން ވަނީ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާއި ބެހޭގޮތުން ވެސް އޭނާގެ އިންސްޓަގްރާމްގައި ލިޔެފައެވެ. ޕިންކީ ބުނީ ސުޝާންތުގެ މަރުގެ ހަގީގަތް އެނގެން އެންމެން ވެސް ބޭނުންވާ ކަމަށާއި ނަމަވެސް އެކަކު ވެސް ތެދުވެރިވާން ބޭނުން ނުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!