ޚަބަރު

1.4 މިލިޔަން ރުފިޔާގެ ޕާޓީ ޑްރަގްސް ޕޯސްޓުން އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕޯސްޓުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕޯސްޓް މެދުވެރިކޮށް ރާއްޖޭ ގެނެސްފައިވާ ޕާރުސަލްތައް ބަލާ ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ. އަދި މިތަކެތި އަތުލައިގެންފައި ވަނީ ތަފާތު ބާރަ ފަހަރު މަތިން ކަމަށް ވެސް ކަސްޓަމްސް އިން ބުންޔެވެ.

މި ތަކެތި އެތެރެ ކޮށްފައިވާ ތިން ގައުމަކީ ނެދަރލެންޑާއި އިތޯޕިއާ އަދި ގްރޭޓް ބްރިޓެއިން އިންނެވެ. އަދި އެތެރެ ކޮށްފައިވާ ތަކެތީގެ ޖުމްލަ ބަރުދަނުގައި 503 ގްރާމަ ހުންނާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމައް ފުލުހުންނާ މިހާރު ވަނީ ހަވާލު ކުރެވިފައެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!