ޚަބަރު

ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކަން އަރުވަން، އަޅުގަނޑުމެން މިހެން ތިއްބާ ރާއްޖެ ބަނގުރޫޓެއް ނުވާނެ: ނަޝީދު

ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީއާ ނުބައްދަލުވެ ބޮޑު އަދަދު ތަކަކުން ދަރަނި އަދާ ކުރަން ޖެހިފައިވީ ނަމަވެސް، މިސަރުކާރުގައި ދިވެހިރާއްޖެ ބަނގުރޫޓު ވެގެން ނުދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި، ދެވިފައިވާ ގެރެންޓީތަކާއި ބެހޭގޮތުން އިއްޔެ މަޖިލީހުގައި މަޝްވަރާ ކުރެވިފައިވާއިރު، ދަރަނިތަކާ ބެހޭ ޑްރާފްޓް ރިޕޯޓެއް ވެސް ވަނީ އެކުލަވާލައިފައެވެ. އަދި އެ ޑްރާފްޓް ރިޕޯޓްގައިވާ ހުރިހާ މައުލޫމާތެއް ހިއްސާ ކުރުމަށްޓަކައި އިއްޔެ މަޖިލީހުގެ ކޮމެޓީގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

އިއްޔެ މިކަމާއި ގުޅިގެން ގެންދެވުނު މި ބަހުސްގައި މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ރާއްޖެ ހިމެނޭ ގޮތަށް މުޅި ދުނިޔޭގެ އިގްތިޞާދު ވަޅުޖެހިފައިވާއިރު މިސަރުކާރުން އިތުރަށް ލޯނު ނަގައިގެން ހިންގާ މަޝްރޫޢުތަކާ މެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ އިދިކޮޅުގެ މެމްބަރު އާދަމް ޝަރީފްގެ މި ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މި ސަރުކާރުން ރާއްޖެ ބަނގުރޫޓުވެގެން ދިޔަ ނުދޭނެ ކަމަށެވެ. ރައީސް އިބްރާހިމް ޞާލިހު އިގްތިސާދުގެ މުގުލުގައި ހުންނަވާ ހިނދަކު، އެމަނިކުފާނަށް ރާއްޖެ ބަނގުރޫޓު ވެގެން ނުދާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

 

  1. ޢަލީ

    ޜާއްޖެ އެއް ނޯންނާނެ 2023 ގެ ފަހުންނެއް. 2023 ގައި އިންތިޚާބެއް ވެސް ނޯންނާނެ. އޭގެފަހުނ އޮންނާނީ މޯލްޑިވްސް ސްޓޭޓްގެ ގަވަރުނަރެއް. ޢައްޑު އަތޮޅަށް ހަތިޔާރު ޖަމާކޮށް ނިންމައިފި.