ސިއްޙަތު

ކޮވިޑް-19: އޮކްސްފޯޑު ވެކްސިން ވަރަށް ކާމިޔާބު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އޮކްސްފޯޑް ޔުނިވާސިޓީން ކޮވިޑް-19 އަށް ތައްޔާރުކުރި ވެކްސިން އެންމެ ފުރިހަމައަށް މަސައްކަތް ކޮށް، ވައިރަހާ ދެކޮޅަށް ވަރުގަދަ ދިފާއީ ބާރެއް ދައްކާ ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ކޮވިޑުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ އެކި ޤައުމުތަކުން އަންނަނީ ވެކްސިން އުފައްދަމުންނެވެ. ނަމަވެސް އެހުރިހާ ވެކްސިނެއްގެ ތެރެއިން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ދައްކާނެ ކަމަށް ޤަބޫލު ކުރެވި އެންމެ ބޮޑު އުންމީދެއް ގިނަ ފަރާތްތަކުން ކޮށްފައި ވަނީ އޮކްސްފޯޑުން އުފައްދާ ވެކްސިންއާ މެދުގައެވެ.

އެހެނިހެން ވެކްސިން ޓެސްޓު ކުރުންތަކާ ހިލާފަށް އޮކްސްފޯޑްގެ ވެކްސިން ޓެސްޓު ކުރަމުން އަންނަނީ ހަށިގަނޑަށް ވައިރަސްގެ ކުޑަ މިންވަރެއް ދިނުމަށްފަހު، އެ ވައިރަސް ބޭނުން ކޮށްގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮކްސްފޯޑު ލެބުން ނެގި ސާމްޕަލް ތަކަކުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ވެކްސިން ހަށިގަނޑަށް އެތެރެވުމަށްފަހު، ހަށިގަނޑުގައި ހުރި ކޮވިޑް ޕްރޮޓީން އާ މެދު ގިނަ ފިޔަވަޅުތަކެއް ހަށިގަނޑުގެ ތެރޭގައި އަޅައެވެ. އެގޮތުން ވެކްސިންގެ މިންވަރު ހަށިގަނޑުގެ ތެރޭގައި ވަރަށް ބާރު މިނުގައި އިތުރުކޮށްލައެވެ. މީގެ ސަބަބުން އެމީހަކު ވައިރަސް ޖެހި ބަލި ވުމުގެ ކުރިން ދިފާއީ ނިޒާމުން ވައިރަހާ ހަނގުރާމަކޮށް ވައިރަސް ހަށިގަނޑުން ނައްތާލާނެއެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރެއް ކަމަށްވާ ޑރ. ޑޭވިޑް މެތިއުސް ބުނި ގޮތުގައި، މީގެ ކުރިން މި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކުރި އެއްވެސް ދިރާސާއަކުން މިހާ ސާފު ނަތީޖާ އެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އޮކްސްފޯޑުގެ ވެކްސިން ބޭނުން ކޮށް ކުރި ޓެސްޓުތަކުން ނަތީޖާ ވަރަށް ސާފު ކަމަށާ މި ވެކްސިން އާ މެދު ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!