ބޯޓަކުން ވެއްޓި ބޯފަޅައިގެންދިޔަ މީހަކު ނިޔާވެއްޖެ

ބޯޓަކުން ވެއްޓި ބޯފަޅައިގެން ދިޔަ މީހަކު ނިޔާވެއްޖެއެވެ.
މިމީހާ ބޯފަޅައިގެން ގޮސްފައިވަނީ ގުޅީފަަޅާ ދިމާލު ބޭރުގައި ބަނދަރުކޮށްފައި އޮތް “ވިކްޓޯރިއާ 267” ނަމަކަށް ކިޔާ ބޯޓުން ވެއްޓިގެންނެވެ.
މި މީހާ ނިޔާވީ އައިޖީއެމްއެޗް އަށް ގެންގޮސް އިތުރު ފަރުވާ ދެމުން ދަނިކޮށްނެވެ.
އެމީހާ އަވަސް ފަރުވާއަށް މާލެ ގެނެވުނީ މިއަދު ހެނދުނު 12:30 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އައިޖީއެމްއެޗްއިން ވަނީ އެމީހާ ނިޔާވިކަން މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ.
މިމީހާ ބޯޓުން ވެއްޓި ބޯފަޅައިގެން ދާން ޖެހުނު ސަބަބެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.