އިންޓަނެޓް ބޭންކިންއާއި މޯބައިލް ބޭންކިންގެ ހިދުމަތަށް ބުރޫ އަރާފާނެ : ބީއެމްއެލް

މާލެއިން ކަރަންޓު ދިއުމުގެ ސަބަބުން، ބޭންކް އޮފް މޯލްޑިވްސް އިން ފޯރުކޮށްދެމުން އަންނަ ބައެއް ޚިދުމަތްތަކަށް ބުރޫ އަރާފާނެ ކަމުގައި އެ ބޭންކުން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އިންޓަނެޓު ބޭންކިންއާއި މޯބައިލް ބޭންކިންގެ ހިދުމަތްތަކަށް ބުރޫއަރާފާނެއެވެ.
އަދި ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ވެސް ބޭންކުން ބުނެފައިވެއެވެ.
މާލެއިން މިއަދު ހެނދުނު ކަރަންޓު ގޮސްފައިވަނީ ސްޓެލްކޯގެ އިންޖީނުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެއެވެ. މައްސަލަ ހައްލުކޮށް މާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ލިބުނީ މެންދުރުއެވެ.