ޚަބަރު

އަދީބު ގެއަށް ބަދަލުކުރީ ނިދަން މެޝިނެއް ބޭނުންވާތީ: އިމްރާން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގެއަށް ބަދަލުކޮށްފައި ވަނީ އެމަނިކުފާނު ނިދުމަށް ހާއްސަ މެޝިނެއް ބޭނުންވާތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައި ވަނީ، ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން، އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ މީގެ ކުރިން އަދީބު ޖަލުގައި ހުއްޓާ އެގޮޅީތެރެއަށް ވެއްޓުނު ފަހުން، ނިދުމަށް ޚާއްސަ މެޝިނެއް ޑޮކްޓަރު ދެއްވާފައިވާ ކަމަށެވެ.

އެމެޝިނަކީ ޖަލު ތެރޭގައި ބޭނުން ކުރެވޭ ކަހަލަ މެޝިނެއް ނޫން ކަމަށާއި، ގެއަށް ދޫކޮށްލަން ޖެހުނީ އެސަބަބާ ހެދި ކަމަށް ވެސް އިމްރާން ވިދާޅުވެފައި ވެއެވެ.

"އެމެޝިނަކީ ޖަލުގެ ތެރޭގައި ބޭނުން ކުރެވޭ ގޮތަށް ހުރި މެޝިނެއް ނޫންކަމަށް ވަނީ. އެހެންވެ ގޭގަ އެމެޝިން ގާއިމްކުރެވިފައި ހުރި ކަމަށް ވަނީ. އެކަމުގެ މައްޗަށް ރިޔާއަތްކޮށް އަހްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވާ ކަމަށް މިވަނީ" ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އަދީބުގެ ނިދުމުގައި މައްސަލަތަކެއް ހުންނަ ކަމަށާއި ފުއްޕާމެއާއި ގުޅުން ހުރި ނޭވާލުމުގެ މައްސަލަތަކެއް ހުރިކަމަށް ޑޮކްޓަރުން ދެއްވާފައިވާ ލިޔެކިއުން ތަކުގައިވާ ކަމަށެވެ.

Ads by HDC
  1. ާމޮހޮނާ

    އެއީ ކިހިނެއް ހުންނަ މެށިނެއްތަ؟

    • މުހައްމަދު

      މައްސަލައިގެ ބާތުން ދޮންނަ މެށިނަކާ ވައްތަރުވެދާނެ